ކުރީގެ ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ބަހުސްއަށް ދިން ދަޢުވަތު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ޤަބޫލުކުރައްވައިފިއެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްޞައްތާރާއި، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއެވެ.
މޭޔަރުންގެ ބަހުސްއެއް ކުރިއަށް ގެންދިއުމަށް ނިންމާ ސޯޝަލް މީޑިއާގައި އެ ދައުވަތު ތިން ކެނޑިޑޭޓުންނަށް ދެއްވީ ލޯކަލް ގަވަރުަންޓް އޮތޯރިޓީގެ ކުރީގެ ނާއިބު ރައީސް ޝުޖާޢު ޙުސައިންއެވެ. ޝުޖާޢުގެ އެ ދައުވަތު ޤަބޫލުކުރައްވާ ޑރ.މުޢިއްޒު ވަނީ އެ ދަޢުވަތަށް ޝުކުރު ދަންނަވާފައެވެ. މުޢިއްޒު ވަނީ "ރަށްޔިތުން އެދޭ އަމާޒަށް" މިނަމުގައި މިހާރު ކެމްޕެއިން ފަށްޓަވާފައެވެ. މި ދަޢުވަތު އަލްހާން ފަހުމީވެސް ވަނީ ޤަބޫލުކުރައްވާފައެވެ.
Mayorunge Bahus gai baiveri vumah @alameershujau dhevvi dhuavath mi party in Male cityge Mayor kamah vaadha kuravvaa candidate @MMuizzu gaboolfulhu kuravvaifi. pic.twitter.com/YmbU3y2pAe
— Progressive Party of Maldives (@ProgressPartyMV) March 4, 2021
މުޢިއްޒު ވިދާޅުުވެފައިވަނީ ބަހުސްގައި ބައިވެރިވެވަޑައިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައިދެއްވާނެކަމަށެވެ. މާލޭގެ ރައްޔިތުންނަށް ދިމާވެފައވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަންކަމަށާއި، އެއީ އަސާސީ ޙައްގެއްކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެކަން ހައްލުކޮށްދެއްވަން މަސައްކަތްކުރައްވާނެކަމަށްވެސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
Alhugandu dhauvath qabool koffin. Shukuriyya dhevvi furusathah https://t.co/rdtsVujRAP
— Dr Mohamed Muizzu (@MMuizzu) March 3, 2021
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެވޭނީ ޑރ.މުޢިއްޒުއަށްކަމަށް ވިދާޅުވެ އެމްޑީޕީއަށް ތާޢީދުކުރާ ބައެއް ފަރާތްތަކުންވެސް ވަނީ މުޢިއްޒު އެންޑޯޒްކޮށްފައެވެ. މޭޔަރުންނާއި ކައުންސިލަރުން ހޮވާ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް 10 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ