ޖަޒީރާކުރުމުގެ ނަމުގައި ބޭރު މީހުންނަށް ހިބައިން ދޭން އުޅެނީ ދިވެހި ބިމާއި މުއްސަނދިކަން

ޖަޒީރާކުރުމުގެ ނަމުގައި ބޭރު މީހުންނަށް ހިބައިން ދޭން އުޅެނީ ދިވެހި ބިމާއި މުއްސަނދިކަން

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2021 11:25
0

ޖަޒީރާކުރުމުގެ ނަމުގައި ބޭރު މީހުންނަށް ހިބައިން ދޭން އުޅެނީ ދިވެހި ބިމާއި މުއްސަނދިކަން ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން އެމްޑީޕީން ދައްކަމުންދާ ވާހަތަކާއި ވެފައިވަ ވައުދުތަކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ މިއަދު ފެނިގެންދަނީ ޖަޒީރާ ކުރުމުގެ ނަމުގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ވިއްކާލަން އުޅެ މަންޒަރުކަމަށެވެ.

އެމްޑީޕީއަށް މިހާތަނަށް ފަސް އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ވެރިކަން ކުރުމުގެ ފުރުސަތު ލިބިފައިވާއިރު ރައްޔިތުންނަށް ގެނެސްދެވުނު ތަރައްޤީއެއް ލިބުނު ކުރިއެރުމެއް ނެތްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. އެމްޑީޕީން އަބަދުވެސް ވައުދު ވަމުންދަނީ އަތްނުލެވޭ ތަރައްޤީއާއިއެކު ރައްޔިތުންނަށް ކުލަ ހުވަފެން ދެއްކުމަށް ކަމަށާއި، އިހުލާސްތެރި ނިޔަތެއްގަައި ކަމެއް ހާސިލް ކޮށްދިނުމަށް މަސައްކަތް ކުރެވޭތަން ނުފެންނަކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަޒީރާކުރުމުގެ ނަމުގައި ބޭރު މީހުންނަށް ހިބައިން ދޭން އުޅެނީ ދިވެހި ބިމާއި މުއްސަނދިކަން. އެމްޑީޕީން ޖުމްލަ 5 އަހަރު ވެރިކަންކޮށްފި. ގެނެސްދެވުނީ ކޮން ތަރައްޤީއެއް؟ ފުރަތަމަ ދެއްކީ ރިހާކުރު، އަހިވަކު ފެކްޓްރީ އާއި ކަންނެލި ޖަގަހަތަކުގެ ވާހަކަ. ހަމަޖެހޭ ޕޮލިސީއެއް މީހަކުވެސް ނެތް.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ދިމާކޮށް އެމްޑީޕީދަނީ ގިނަ ވައުދުތަކެއް ރައްޔިތުންނާއި ހަމަޔަށް ހުށަހަޅަމުންނެވެ. ވައުދުތައް ވަމުންދާއިރު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަށް ވެފައިވާ ވައުދުތައް ނުފެއްދޭތީ އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަސްތިސް ކެންޕެއިންގައި ގިަނ ރަށްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ތާވަލް ކޮށްފައިވާއިރު، މި އިންތިޚާބު 85 އިންސައްތައިން އެމްޑީޕީން ކާމިޔާބް ކުރާނެކަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.