ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕެއިންކުރުމުގެ ގޮތުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް"ސިލްސިލާ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު، ހެލްތު މިނިސްޓަރ އަޙްމަދު ނަސިމާމެދު ކަންތައް ކުރެއްވިގޮތުން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.
ރަށްވެހި ފަތިސް ކެމްޕެއިންގައި މާލޭ އެމްޑީޕީ އޮފީހުގައި ޕާޓިގެ އިސް ބޭފުޅުން ތިއްބާވައިރު، ޒޫމް މެދުވެރިކޮށް އަތޮޅުތަކުގެ އެކި ދާއިރާތަކަށް ދަނީ ގުޅަމުންނެވެ. އެގޮތުން ރޭގެ ބައްދަލުވުން ޚާއްޞާކޮށްފައިވަނީ ރ.އަތޮޅަށެވެ.
މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ބައިވެރިވެވަޑައިގަންނަވަނީ އެމްޑީޕީ އޮފީހުގައި ތިއްބަވައިގެންނެވެ. އަދި ވަޒީރުން ޒޫމް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ދާއިރާތަކުން ދަންނަވާ ސުވާލުތަކަށް ޖަވާބުދެއްވައެވެ. މި ބައްދަލުވުން މޮޑަރޭޓް ކުރައްވަނީވެސް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.
ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް ނަޝީދަށް ފަޑުކިއުން އަމާޒުވީ ޒޫމް މެދުވެރިކޮށް ބައިވެރިވެވަޑައިގެންނެވި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާމެދު ރައީސް ނަޝީދު ޢަމަލުކުރެއްވި ގޮތުންނެވެ. އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިން ހެލްތު މިނިސްޓަރަށް ސުވާލު ދެންނެވުމުން ޒޫމް މެދުވެރިކޮށް ދެއްވި ޖަވާބު ރައީސް ނަޝީދަށް އިވިވަޑައިނުގަތެވެ. ނަމަވެސް އެ އަޑު ޓީވީން ބެލުންތެރިންނަށް ރަނގަޅަށް އިވުނެވެ. ރައީސް ނަޝީދު ވަނީ މިނިސްޓަރ ނަސީމްގެ އަޑު މިއުޓްކޮށްލައްވާފައި ހުރިކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިނިސްޓަރ ވަނީ އެކަން ނުކުރައްވާކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ ކޮންމެސް ބޭފުޅަކު ގުޅައި އެކަން ހިނގާގޮތް މިނިސްޓަރަށް ވިދާޅުވެދެއްވުމަށް އެދޭކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އޭގެ ކުޑައިރުކޮޅެއްފަހުން އަނެއްކާވެސް މިނިސްޓަރ ނަސީމަށް ގުޅުއްވުމުން ދެން އެފަދަ ކަމެއް ދިމާނުވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއަށްފަހު ވަނީ އަޑު އިވިވަޑައިގަންނަވާތޯ ދެފަހަރެއްގެ މަތިން އައްސަވާފައެވެ. އެއާއެކު ރައީސް ނަޝީދު ހަރުކަށިކޮށް ނުވަތަ ކޯވާ އިސްކުރައްވާ މިނިސްޓަރ ނަސީމާ މުޚާޠަބުކުރައްވައެވެ. އެގޮތުން ރައީސް ނަޝިދު ވަނީ "ނަސީމް ކުރިއަށް ގެންދެބަ، ތިހެން ނާއްސަވަބަ، އެއްސެވީމަ ލަސްވެގެން އެކޯވެގެންނޭ އަޑު އިވެނީ، ދެން އަޅުގަނޑުވެސް ހަމަ، ކޮންމެވެސް ވަރަކަށް ނަސީމް" މިހެން ވިދާޅުވިއެވެ. އެހިސާބަށް ވިދާޅުވެވުނުތަނާ އަޑު ވަނީ ކަނޑާލާފައެވެ.
ހިތްތިރި ކަމަށް ދެއްކިގެން އުޅުނަސް އަސްލު އަނެއް ރައީސް @anedhivehirajje މިއީ ހަމަ ވަރަށް ރުންކުރު ބޭފުޅެއް ދެއްތޯ؟ ? pic.twitter.com/nBK19P4vqA
— Zahid Rameez (@xahidcreator) March 2, 2021
ރައީސް ނަޝިދު ރުންކުރުކުރައްވާ ދެއްވި އެ ޖަވާބަށް އެމްޑީޕީގެ ބައެއް ބޭފުޅުންވެސް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދަށް އަމާާޒުވެގެން ދިޔަ ފާޑުކިއުމުގެ ތެރެއިން އެމްޑީޕީގެ ސަޕޯޓަރެއްވަނީ ރައީސް ނަޝީދު އެމަނިކުފާނުގެ އަމިއްލަފުޅު ނަފްސަށް ފިޔަވާ އެހެން ބޭފުޅުންނަށް އިޙްތިރާމް ކުރެއްވުން ނެތީތޯ ސުވާލުކުރައްވާފައެވެ. މިނިސްޓަރ ނަސީމަކީ ރައީސް ނަޝީދުގެ އަރިހުގައި އެތައް ދުވަހަކު ހުންނެވި ބޭފުޅެއްކަމަށާއި، ލައިވް ޓީވީގައި އެހާ ހުތުރުކޮށް މުޚާތަބުކުރަން ނުޖެހޭކަމަށްވެސް ބުންޏެވެ.
Shame on you @MohamedNasheed do you have any respect to anyone other than you? @KerafaNaseem has been with you for so many days you don’t have to put him down on live tv this shamelessly tsk! https://t.co/9Jebgott1V
— Aisthu ? (@aisthu) March 3, 2021
ކޮމެންޓު ފޮނުވާ