ޙާމިދު ފުލުހުންގެ ބޯޑަށް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

ޙާމިދު ފުލުހުންގެ ބޯޑަށް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
03 މާރޗް 2021 04:16
0

ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރުކަމަށް ހާމިދު ޢަބްދުލްޣަފޫރު ކަނޑައެޅުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާިއ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ފުލުހުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލުމުން ފަސް ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.

1- ލަބީގު މުޙައްމަދު މާހިރު/ މ.މަނަދޫ ވިއު
2- ޒުބައިރު އަޙްމަދު މަނިކު/ ގ.މަލްވިނަ
3- ޒީނަތު ޢަލީ/ ދަފްތަރު 2616
4- ޢަލީ މުޙައްމަދު މަނިކު/ ދަފްތަރު 1851
5- ޙާމިދު ޢަބްދުލް ޣަފޫރު/ ހ.ޝޭޑީ ކޯނަރ

ފުލުހުންގެ ބޯޑަށް އައްޔަންކުރުމަށް ފާސްކުރި ހާމިދަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް ހދ.ހޮނޑައިދޫން ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ފުލުހުންނަށް ކުޑަކަމުދާ ތަކެތި ނުދިނުމަށް އޭނާ ވަީ ދެކޮޅު ހައްދަވާފައެވެ.

މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައިވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައެވެ. އެ ޤާނޫނުގައި ވަނީ، ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށެވެ.

“ޕޮލިސް ބޯޑު”ގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.