ރާއްޖޭގައި ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވި ގޮތުގައި ނިޔާވެފައިވަނީ ރޭ ފަތިހު 5:30 ގައި އައިޖީއެއެޗްއަށް ގެނައި ބަލިމީހަކުކަމަށެވެ. އެމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު6 ޖެހި އިރުކަމަށް އެވްޕީއޭއިން ބުނެފައިވެއެވެ. މިއީ މިމަހު ކޯވިޑްގައި ނިޔާވި ފުރަތަމ މީހާއެވެ. މިދިޔަ މަހު ކޯވިޑްގައި10 މީހަކު ނިޔާވެފައިވެއެވެ. މިދިޔަ މަހަކީ މިހާތަނަށް އެއް މަހެއްގައި އެންމެ ގިނަ މީހުން ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވީ މަހެވެ.
މިއަދު ނިޔާވި މީހާއާއެކު ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދުވަނީ 63 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 55 ދިވެހިންނާއި 8 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ