މައުސޫމް ފަރުހީންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ދީލަތި އެހީއެއް ވަމާ؟

މައުސޫމް ފަރުހީންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ދީލަތި އެހީއެއް ވަމާ؟

Author
ޢަލީ އާދަމް
03 މާރޗް 2021 12:20
0

ލ. ފޮނަދޫ ބަޝީރީ ހިޔާ މަރިޔަމް ފަރުހީން އަކީ ދިގުމުއްދަތަކަށް ފަރުވާހޯދަންޖެހޭ ބައްޔެއް ތަހައްމަލް ކުރަމުންގެންދާ މައުސޫމް ތުއްތު ކުއްޖެކެވެ. މުސްތަޤުބަލަށްޓަކައި ފޮނި އުންމީދެއް ކުރާ މައުސޫމް ކުއްޖެކެވެ. އެއުންމީދު ޙާޞިލްކޮށްދެވުމަށްޓަކައި ފަރުހީންގެ މަންމަ ދަނީ ހުއްޓުމެއްނެތި އެހީއަށް އެދި އާދޭސްކުރަމުންނެވެ.

ފަރުހީނަކީ ދިރިހުރުމަށްޓަކައި ދުވާލަކު ދެއިރު ދެ އިންޖެކްޝަން ޖަހަންޖެހޭ ކުއްޖެކެވެ. މި ފަރުވާ އަކީ ޢުމުރުން 14 އަހަރުވަންދެން ކުރަންޖެހޭ ފަރުވާއެކެވެ. ހަރަދުބޮޑު މި ފަރުވާ ދަރިފުޅަށް ދެވޭވަރުގެ ތަނަވަސްކަމެއް އެ އާއިލާގައި ނެތެވެ.

މީގެ އިތުރުންވެސް ދަރިފުޅުގެ ޗެކަޕްތައް ހެދުމަށް އަހަރަކު 2 ފަހަރު އިންޑިއާއަށް ދާންޖެއެވެ. ނަމަވެސް ކޮވިޑް 19ގެ ސަބަބުން ފަރުހީން އަށް މިވަނީ ފޮލޯއަޕް ނުދެވިފައެވެ. ފަރުހީންގެ އިންޖެކްޝަނަކީ ރާއްޖެއިން ލިބެންހުންނަ އިންޖެކްޝަނެއްވެސް ނޫނެވެ.

ޑޮކްޓަރުގެ ލިއުންތަކުން އެނގޭގޮތުގައި މި މައުސޫމް ކުއްޖާއަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލައަކީ "ޕާޝިއަލް ގްރޯތު ހޯމޯން ޑިފިސިއެންސީ" އެވެ.

 

"ކިތަންމެ ފަހަރަކު ދަރިފުޅު ބުނޭ، ފަރުހީން އަޅޭ ބޮޑުވާނެތަ؟ ނަރުހަކަށް ވެވޭނެތަ؟ މަންމަޔަށް ލިބޭނެތަ އެހައި ބައިވަރު އިންޖެކްޝަން ގަންނަން، ރުފިޔާ ނުލިބެންޏާ ދެން ކޮއްކޮ މަރުވާން ދޫކޮށްލާ، ވަރަށް ބޮޑަށް ބުރަވޭދޯ މަންމާ ހިނގާ ހުއްޓާލަމާ"

– ފަރުހީންގެ މަންމަ

ތުއްތު ދަރިފުޅުގެ ދުލުން މިފަދަ އަޑުތަށް އިވޭއިރު މައެއްގެ ހިތަށް ކުރާނެ އަސަރު އަންދާޒާވެސް ނުކޮށްލެވޭ ނޫންތޯއެވެ؟

އާއިލާއިން އެދެނީ ފަރުހީންއަށް ބޭނުންވާ ބޭސްފަރުވާއަށް ކޮންމެ ބޭފުޅަކަށްވެސް ދެވެން އޮތް މިންވަރެއްގެ ދީލަތި އެހީތެރިކަމެކެވެ.

ފަރުހީންގެ މަންމަ ނަސްވާގެ ފޯން ނަންބަރު: 9968215

ނަސްވާގެ އެކައުންޓް ނަންބަރު؛ 7730000190827

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.