ގުރައިދޫ އިން މާލެއަށް ދަތުރުކުރި ފެރީއެއް އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރި ވަނީ

ގުރައިދޫ އިން މާލެއަށް ދަތުރުކުރި ފެރީއެއް އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރި ވަނީ

Author
ޢަލީ އާދަމް
03 މާރޗް 2021 10:40
0

ކ. ގުރައިދޫ އިން ފުރައިގެން މާލެއަށް ދަތުރުކުރި ފެރީ ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ހިއްސާ ނަމަކަށްކިޔާ 65 ފޫޓުގެ މި ފެރީ ދޯނި މާލެއަށް ދަތުރުކުރަމުން އައީ 6 މީހުނާއެކު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ 9:45 ހާއިރު ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

މި ދޯނީގެ ކައިރީ މިހާރު ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވަމުން ގެންދާކަމަށާއި، ފެރީގެ ވެރިފަރާތުން ދޯނި ކަފުޖަހައިގެން ގެންދާނެ އުޅަނދެއް ހޯދުމަށް މިހާރު މަސައްކަތްކުރަމުން ގެންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.