އިލްމުވެރިންނަށް އިލްމުވެރިންގެ ގޮތުގައި ތިބެވޭނީ ސިޔާސީ ނުފޫޒްތަކާ ސިޔާސީ މަޤާމުތަކާއި ބޭނުުންތަކުން އެކަހެރިވެގެންކަމަށް ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރ އަޙްމަދު ޝަހީދު ދީނީ ބައެއް ޢިލްމުވެރިންނަށް ފާޑުވިދާޅުވެެއްޖެއެވެ.
ޑރ.ޝަހީދު މިފަދައިން ވިދޅުވެފައި މިވަނީ މަޝްހޫރު ދީނީ ބައެއް ޢިލްމުވެރިން ރާއްޖޭޣެ ސިޔާސީ މަސްރަޙްގައި ހިނގާ ކަންކަމާއި ގުޅޭގޮތުން ވާހަކަތދައްކާތީ ބައެއް ފަރާތްތަކުގެ ފޑުކިއުންވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ޑރ.ޝަހީދު ވިދާޅުވީ، އިލްމުވެރިންނަކީ އެމީހުންގެ އިލްމާއި ވިސްނުމާއި މަޢުލޫމާތުވެސް އެންމެ ފުރިހަމަ ނޫންކަން ދަންނަ މީހުންކަމަށާއި، އެއްވެސް އިންސާނަކަށް ފުރިހަމަ އިލްމާއި މަޢުލޫމާތު ލިބިފައި ނުވާނެކަމަށްވެސް ޑރ.ޝަހީދު ވިދާޅުވިއެވެ.
Dheenee ilmashaai, ilmuverinnah adhi Islam Dheenah nuhanu nafrathu kuraa meehakah Islam Dheenuge ilmuverin ge kibaigaa hunnan vaa sifa thakaai sharthu thakeh neygeyne.
— Dr.Mohamed Iyaz (@dr_iyaz) March 2, 2021
ޑރ.ޝަހިދުގެ މިވާހަކަފުޅަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ ރައްދުދެއްވާފައެވެ. އިޔާޟް ވިދާޅުވީ، ދީނީ ޢިލްމަށާއި، އިލްމުވެރިންނަށް އަދި އިސްލާމްދީނަށް ނަފްރަޔުކުރާ ބަޔަކަށް އިސްލާމްދީނުގެ އިލްމުވެރިންގެ ކިބާގައި ހުންނަންވާ ސިފަތަކާއި ޝަރުތުތައއް ނޭގޭނެކަމަށެވެ.
ޑރ.ޝަހީދު ދީނީ ޢިލްމުވެރިންނަށް ފާޑުވިދާޅުވެފައިޥާއިރު، ޑރ.އިޔާޟް އަންނަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިންގާ ބައެއް ކަންކަމަށް ފާޑު ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ