އުތީމު ކައުންސިލަރު ސަސްޕެންޑްކޮފައި ހުންނަ މައްސަލާގައި އެލްޖީއޭއަށް ޖަވާބު ނުދެވުނު: މުހުތާޒް

އުތީމު ކައުންސިލަރު ސަސްޕެންޑްކޮފައި ހުންނަ މައްސަލާގައި އެލްޖީއޭއަށް ޖަވާބު ނުދެވުނު: މުހުތާޒް

Author
މުޙައްމަދު ޖިމީ
03 މާރޗް 2021 10:12
0

ގާނޫނީ އިޖުރާތުތަކާއި ޚިލާފަށް އުތީމު ކައުސިލްގެ ރައީސް ރައްޔިތުންނަށް ޚިދުމަތްކުރުމާއި ދުރުކުރެވިފައި ހުންތާ ތިނަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެކަމަށް ކައުންސިލްތަކުގެ ބެލެނިވެރިފަރާތް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އެއްވެސް ޖަވާބެއް ދެވިފައިނުވާކަމަށް ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ޤާނޫނުނު މިހާރު ބުނާގޮތުންވެސް އަދި ކުރިން އޮތް ގޮތުންވެސް ކައުންސިލަރުން އެއްވެސް މުއްދަތެއް ނެތްގޮތަށް ސަސްޕެންޑު ކުރުމަކީ ޤާނޫނުން ތަންދޭ ކަމެއް ނޫންކަމަށާއި، އުތީމު ކައުންސިލް ރައީސް ސަސްޕެންޑް ކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް މީގެ ކުރިންވެސް މުހުތާޒް ވިދާޅުވެފައިވެއެވެ.

މުހުތާޒް ވިދާޅުވީ، ފާޅުކަން ބޮޑުގޮތެއްގައި ގާނޫނީ އިޖުރާތުތަކާއި ޚިލާފަށް އުތީމު ކައުސިލްގެ ރައީސް ރައްޔިތުންނަށް ޚިދުމަތްކުރުމަާއި ދުރުކުރެވިފައި ހުންތާ 03 މަހާއި 15 ދުވަސްވެއްޖެކަމަށެވެ. އެލްޖީއޭއިން މިކަމުގައި ދައްކަވާނޭ ހުއްޖަތެއްނެތްކަމަށާއި، ފޮނުވުނު އެއްވެސް ސިޓީއަކަށް ސީދާ ޖަވާބެއް ނުދެވުނުކަމަށްވެސް މުހުތާޒް ވިދާޅުވިއެވެ.

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޝަންގައި ހުންނެވި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށައަޅާފައެވެ.

އަބްދުﷲ ރަޝީދާއި ގުޅިގެން ބަލާ 11 މައްސަލައިގެ ތެރޭގައި ހިމެނީ:

– ކޭބަލް ޓީވީ ޚިދުމަތްދިނުމާ ގުޅޭ މަޢުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖެހުމަށްފަހު 10 އަހަރަށް އެގްރިމަންޓުކުރުން.
– ޖެނުއަރީ 2020 އިން ފެށިގެން އޮކްޓޯބަރު 2020 ގެ ނިޔަލަށް ކޭބަލް ޓީވީ އޮޕަރޭޓް ކުރާ ފަރާތުން ކުލި ދައްކާފައި ނުވާއިރު އެކަމާ ގުޅިގެން ރަސްމީކޮށް އެއްވެސް އެންގުމެއް މިހާތަނަށް އަންގާފައިނުވުން.
– ކޭބަލްޓީވީ ހިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑިކޯޑަރު ގަތުމަށް ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްފައިވުން
– ރަށް ކުނި ކަހާ ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން 4 މީހުން ނެގިއިރު އެކަމަށް އެދި ހުށަހެޅި މީހުންނާ އިންޓަވިއުކޮށްފައި ނުވުން.
– މަސައްކަތު މީހެއް މަގާމުން ވަކިވުމުން އެމަގާމަށް އިޢުލާންކުރުމަށް ފަހު ކައުންސިލަރު ބޭނުން މީހަކު މަޤާމަށް ނެގުން.
– ކައުންސިލަށް ހޯދާ ތަކެތި ގަތުމަށް ބިޒްޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން އެތަކެތި އެކި ފަހަރުމަތިން ހޯދާފައިވުމާއި، އިތުރަށް ހޯދަން ޖެހޭ ދެ ކޯޓޭޝަން ވެސް އެކުންފުނިން ހޯދާފައިވުން.
– ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ މީހަކު އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުންނެގުން.
– ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގަ މާލިއްޔަތު ޤަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަކޮށްފައިނުވުން.
– ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑު ބަލަހައްޓާފައިނެތުން.
– ކައުންސިލް އޮފީސް ގޯތީގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވުން.

މިމައްސަލާގައި އެލްޖީއޭއިން އެހާ ގިނަ ދުވަސްތަކެއްވާއިރުވެސް ގޮތެއް ނުނިންމަތީ އެދާއިރާގެ ގިނަ ރައްޔިތުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.