އެޗްޕީއޭއިން އެންމެނާއި މެދު އެއް މިންގަނޑަކުން ފިޔަވަޅު އެޅުމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟްް ޢަބްދުއްލަޠީފް ގޮވާލައްވައިފިއެވެ.
ޑރ.އިޔާޒް މިހެން ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ ހާލަތު އޮތް މިންވަރުން ދިވެހިން ހޭލަންވެއްޖެ ކަމަށާއި މިހާރު މި އޮތީ ކިރިޔާ ހިފެހެއްޓޭ ހިސާބުގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އެޗްޕީއޭއިން ރޭ ހަމަކުރުމާއި ގުޅިގެންނެވެ. ޑރ.އިޔާޟް ވިދާޅުވީ، އެއް މިންގަނޑަކުން އެންމެނާމެދު ފިޔަވަޅު އަޅަންޖެހޭކަމަށާއި، އެނޫންގޮތަކަށް ކިތަންމެ ދުވަހެއްވިޔަސް މި ބަލިމަޑުކަމުން އަންނާނެކަމަށް ލަފާނުކުރެވޭކަމަށެވެ.
ޑރ.އިޔާޟް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރާއި ދައުލތުގެ އަދި ސަރުކާރު ކުންފުނިތަކުގެ އިސްވެރިން އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވިނަމަވެސް ފިޔަވަޅު ނާޅައި، އާންމު ރައްޔިތުންނާމެދު ފިޔަވަޅުއ ަޅާކަމުގެ ޝަކުވާ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުވެފައެވެ. އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރަންޖެހެނީ ޢާންމު ނިކަމެތި ރައްޔިތުން އެކަނިކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަ،މުންނެވެ.
މީގެ އިތުރުން ގައި، ކޯވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ދަތުރުފަތުރު ކުރުމުގެ ހުއްދަދިނުމުގައިވެސް އެޗްޕީއޭއިން ތަފާތު ކުރުންތަކެއް ގެންގުޅޭކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ތުހުމަތުކޮށް އެޗްޕީއޭއަށް ސިޓީއެއް ފޮނުވާފައެވެ.
ކޮމެންޓު ފޮނުވާ