ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒުއަކީ ފްލެޓް ބައްޕަކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މާލެސިޓީ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ގެދޮރުވެރިކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް އިންސާނީ ހައްގެއްކަމަށާއި، އެންމެ ފަހުމީހާއާއި ހަމައަށް އެޙައްޤު ލިބެންދެން މަސައްކަތްކުރާނެކަމަށް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ. އެކަމަށް އިޝާރާތްކުރައްވާ ރުކުމާ ވިދާޅުވީ، އެއީ ވަރަށް އުފާވެރި ވަޢުދެއްކަމަށާއި، ޑރ.މުޢިއްޒު ވިދާޅުވެއްޖެނަމަ އެއީ ވާނެކަމެއްކަން ޔަޤީންކުރައްވާކަމަށެވެ. ސަބަބަކީ ޑރ.މުޢިއްޒުއަކީ ފްލެޓް ބައްޕަކަމަށް ރުކުމާ ވިދާޅުވިއެވެ. ޑރ. މުއިއްޒު ފްލެޓް އެޅި އަދަދާ ގާތްކުރާ އަދަދަކަށްވެސް އެހެން މީހަކަށް ފްލެޓް އެޅިފައެއް ނެތްކަމަށްވެސް ރުކުމާ ވިދާޅުވިއެވެ.
ވަރަށް އުފާވެއްޖެ ތިޔަވީ ވައުދަށް. @MMuizzu ޑރ. މުއިއްޒު ވިދާޅުވީމަ މިހާރު ޔަގީންވާ ސަބަބަކީ ޑރ. މުއިއްޒު އަކީ ފްލެޓް ބައްޕަ. ޑރ. މުއިއްޒު ފްލެޓް އެޅި އަދަދާ ގާތްކުރާ އަދަދަކަށްވެސް އެހެން މީހަކަށް ފްލެޓް އެޅިފައެއް ނެތް pic.twitter.com/Ct4fEy9NsI
— ރުކުމާ (@RukumaA) March 2, 2021
ރުކުމާ މިހެން ވިދާޅުވިއިރު، މިހާތަނަށް ސަރުކާރަކުން ރާއްޖޭގައިއ ެޅި އެންމެ ގިނަ ފްލެޓް އަޅަފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގައެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން7000 ފްލެޓް ވަނީ ހުޅުމާލޭގައި ޢިމާރާތްކޮށްފައެވެ. އެ މަޝްރޫޢު ކުރިއަށް ގެންދެވީ ހައުސިންގ މިނިސްޓަރަކަށް އޭރު ހުންނެވި ޑރ.މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޢިމާރާތްކުރި7000 ހައުސިންގ ފްލެޓްގެ މައްސަލަ ބެލުމަށް މިސަރުކާރުން އެކުލަވާލި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން، ފްލެޓް ދޫކުރި ގޮތާއި މެދު ޢާންމުންގެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނިކޮށް، ރުކުމާ ކުރިން ވިދާޅުވެފައިވަނީ ވަނީ ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ކުރިން ދީފައިވާ ޕޮއިންޓް މަޤްބޫލު އުޒުރެއް ނުދެއްކި މަދުކޮށްފައިވާތީ އެކަމާއި ހިތްހަމަނުޖެހޭ ފަރާތްތަށް ކުރި އިހުތިޖާޖުގައި މާލެ މޭޔަރު ކެނޑިޑޭޓް ޑރ.މުޢިއްޒު ބައިވެރިވުމަކީ މާލޭ ރައްޔިތުން އެކަނި ދޫނުކޮށްލާނެ ކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ.
މިސަރުކާރުން ފްލޓްތައް ދޫކުރި ގޮތާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ފްލެޓް ދިނުމުގައި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކަށް އިސްކަން ދީފައިވާކަމަށާއި، އެންމެ ހާލުގައި އުޅޭ މީހުންނަށް ފްލެޓް ނުލިބޭކަމުގެ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ. އަދި މިސަރުކާރު ތިން އަހަރާ ގާތްވެފައިވާއިރުވެސް އެންމެ ފްލެޓެއްވެސް އަދި ބޮޑު މަޝްރޫޢުއެއް ހިންގިފައި ނުވާކަމުގެ ފާޑުކިއުންވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ