ތިލަފުށީ ކުނީގެ މައްސަލާގައި މިނިސްޓަރ ހުސެއިން މަޖިލީހަށް ހާޒިރު ކުރަނީ

ތިލަފުށީ ކުނީގެ މައްސަލާގައި މިނިސްޓަރ ހުސެއިން މަޖިލީހަށް ހާޒިރު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2021 07:30
0

އެންވަޔަރަންމަންޓް މިނިސްޓަރ ހުސެއިން ރަޝީދު ހަސަން މާދަމާ މަޖިލީހަށް ހާޒިރު ކުރުމަށް އެޖެންޑާ ކޮށްފިއެވެ.

ހުސެއިން ރަޝީދު މަޖިލީހަށް ހާޒިރު ކުރަނީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު، މިނިސްޓަރ ޙުސައިން ރަޝީދު ޙަސަންއާއި ކުރައްވާ ސުވާލުގެ ޖަވާބު ހޯދުމަށެވެ.

ޖާބިރު ކުރައްވާ ސުވާލަކީ މިސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ފުރިހަމަ ކުނި ނައްތާލާ ނިޒާމެއް ޤާއިމުކުރުން ކަމުގައި ވީހިނދު، ސަރުކާރަށް ދެ އަހަރުވާން ކައިރިވެފައިވާއިރު، މިކަމަށް އަދިވެސް ޙައްލެއް ނުލިބި، ތިލަފުށީގައި މެހި އާލާވެ، ދުން އެރުމުގެ މައްސަލަ ޙައްލު ނުވެގެން އުޅެނީ ކީއްވެގެންތޯ؟ މިނިސްޓްރީން މިކަމަށް ޙައްލު ހޯދުމަށް ކުރައްވަނީ ކޮން މަސައްކަތެއްތޯ؟ އަދި ޙައްލުވާނީ ކޮން އިރަކުންތޯ؟ އޮޅުން ފިލުވުމަށެވެ.

ތިލަފުށީގެ ކުނި އަޅާ ސަރަޙައްދަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމައްޓަކައި އެ ސަރަހައްދާ އިންވެގެން 2 ހެކްޓަރުގެ ބިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް 2019 ވަނަ އަހަރުގެ ފަހުކޮޅު ވެމްކޯއިން ވަނީ ބުނެފައެވެ. ކުނީގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

N Nainaa
theena ge ithu baaru ne kamah vote nagan vee faharaku meehe vaki kuraane hurihaa minister kan reedhoo kula ah badhalu kuraa ne
ހ ހަނާ
ކަތިލާލާނެ މިބުރުގަ