އިއްޔެ މަޖިލީހުގައި ކުރިއަށްދިޔަ އިތުބާރު ނެތްކަމުގެ ވޯޓުގައި މަޖިލީހުގެ ރައީސް ޤާނޫނޫ އަސާސީއާއީ ޚިލާފްވެފައިވާތީ، ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް މަލީހު އެދިވަޑައިގެންފިއެވެ.
އިއްޔެ މަޖިލީހުގައި ކަންކަން ހިނގާފައިވާ ގޮތާއި ގުޅޭގޮތުން މަލީހް ވިދާޅުވީ އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާއާ ޚިލާފުވެފައި ކަމަށެވެ. އެ މާއްދާގައި ވަނީ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެހެން މީހަކު ދައްކާ ވާހަކައަކާ ގުޅިގެން ނޫނީ ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގައި މަލީހު ވަނީ ވިދަޅުވެފައެވެ.
ޤަނޫނު އަސާސީގައި ވަކިގޮތަކަށް ބަޔާން ކޮށްފައި ވަނިކޮށް ޤާނޫނީ ނިޒާމު އެއްފަރާތްކޮށް، މަޖިލިސް ރައީސް ހިންގެވި އަމަލަކީ ދަސު ދަރަޖައިގެ އަމަލެއްކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި ޤާނޫނީ ހަމަތަކުގެ މަތީން މަޖިލިސް ރައީސް އަށް ފިޔަވަޅު އެޅުމަށް މަޖިލީހުގެ އިދާރާއަސް މަލީހު ވަނީ ގޮވާލާފައެވެ.
އަޅުގަނޑުމެން ދަނީ ރަނގަޅަށް ދިރާސާކޮށް ހޯމްވޯކް ހަދައިގެން. އިއްޔެ މަޖިލިސް ރައީސް ނަޝީދު ވަނީ ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ހ އާއި، ޚިލާފުވެ، އަޅުގަނޑަށް ބިރު ދައްކާފަ. ރެކޯޑިން އެހެރީ. މަޖިލިސް އަށް އަޅުވާނެ ފިޔަވަޅު SG, CG ނިންމަވާ. މަޖިލިސް ޚަރާބު ވެއްޖެ.
– މަލީހު ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެ ކަމަށެވެ.
މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ މަޖިލީހުގެ މެންބަރުން އޭނާއަށް ބިރު ދެއްކުން ގޮތުގައި ސިފަކުރައްވައި އިއްޔެގެ ޖަލްސާގައި ވާހަކަ ދެއްކެވިއެވެ. އެކަމާ ގުޅިގެން އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ފޮނުވަން ރައީސް ނަޝީދު ނިންމެވިއެވެ. އަދި ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާކަން ފެންނަ ނަމަ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ