މަސްވެރިންނަށް ވެކްސިން ޖެހޭނެ އިންތިޒާމެއް ހަމަޖައްސުމަށް ގޮވާލައިފި

މަސްވެރިންނަށް ވެކްސިން ޖެހޭނެ އިންތިޒާމެއް ހަމަޖައްސުމަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2021 01:22
0

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުންނަށާއި، މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގެ ޕްރޮގުރާމްތައް ފެށިގެން ކުރިއަށްދާއިރު، މިހާތަނަަށްވެސް މަަސްވެރިންނަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން މަސްވެރިންގެ ޔޫނިއަން ޖަމްއިއްޔާގެ އިސްމެމްބަރެއް ކަމުގައިވާ އިމްރާން މުހައްމަދު ފާހަގަކުރައްވައިފިއެވެ.

ކުރީގެ ރާއްޖޭގެ ޤައުމީ ޓީމުގެވެސް އެއްނަންބަރު ގޯލް ކީއްޕަރު އިމްރާނަކީ މަސްވެރިންގެ ހައްގުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ މަސްވެރިންނަށް ލިބެންޖެހޭ ހައްގުތައް ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ބޭފުޅެވެ. ކޯވިޑުގެ ނުރައްކަލުން ސަލާމަތްވުމަށް ވެކްސިންގެ ޕްރޮގުރާމު އެކި އެކި މުވައްސަސާތަކާށާއި ސިނާއްތަތަކަށް ކުރިއަށް ގެންދާއިރު މަސްވެރިންނަށް މި ޕްރޮގުރާމުން ފުރުސަތު ނުލިބޭތީ އިމްރާންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިމްރާން ބުނެފައިވަނީ ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައިވެސް ޤައުމުގެ އެންމެ މުހިންމު މަސައްކަތްތަކެއް ކުރީ މަސްވެރިންކަމަށެވެ. މިއަދު މަސްވެރިންނަށް ވެކްސިން ޖެހޭނެ އިންތިޒާމު މިނިސްޓަރވެސް އަދި އެނޫން މުވައްސަސާތަކުންވެސް އިސްނަގައިގެން ތަނަވަސް ކޮށްދޭންޖެހޭކަމަށް އިމްރާން ވަނީ ބުނެފައެވެ.

ގައުމު ހުއްޓުނު އިރުވެސް ވިންދު ޖަހަޖަހައި އޮތީ މަސްވެރިކަން. ގައުމު ހިނގަންފަށައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައިފި. މަސްވެރިންނަށް ވެކްސިން ޖެހޭނެ އިންތިޒާމެއް އަދި ހަމަނުޖެހޭ. މަސްވެރިންނަށް ވެކްސިން ޖެހޭނެ އިންތިޒާމެއް ހަމަޖައްސަދެއްވާ!

– އިމްރާން ބުނެފައިވެއެވެ.

ކޯވިޑް-19ގެ ހާލަތު އެންމެ ގޯސްވި ވަގުތުގައިވެސް ރާއްޖޭގެ އިޤްތިޞާދު ނުހުއްޓި ގޮސްފައިވަނީ ރާއްޖޭގެ މެސްވެރިންގެ ބުރަ މަސައްކަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ކޯވިޑްގެ ވެކްސިން ދެމުންދާއިރު، ވެކްސިން އެކި ސިނާއަތްތަކާއި، މުވައްސަސާތަކުގެ ބޭފުޅުންނަށް ދަނީ ދެނުންނެވެ. ނަމަވެސް އަދި މިހާތަނަށް ރާއްޖޭގެ މަސްވެރިންނަށް ވެކްސިން ދިނުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ. ރާއްޖޭގައި މިހާތަނަށް 117،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Al
Bala eothee eh nu bunefa 18 aharun Mathee meehun vaccine jahan dhaaashey...naruhun v dhonayah dhaan tha vaccine hifaigen...meehaku antharees vedhaane