މެޖިސްޓްރޭޓުންގެ ފޯން އެލަވަންސަށް މަހަކު 500 ރުފިޔާ ދޭން ފާސްކޮށްފި

މެޖިސްޓްރޭޓުންގެ ފޯން އެލަވަންސަށް މަހަކު 500 ރުފިޔާ ދޭން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2021 01:39
0

އެހެން ފަނޑިޔާރުންނެކޭ އެއްފައިދައިން މެޖިސްޓްރޭޓުންނަށްވެސް ފޯން އެލަވަންސްގެ ގޮތުގައި މަހަކު 500 ރުފިޔާ ދިނުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިން އެކުލަވާލި ރިޕޯޓާއިއެއް ގޮތަށް މަޖިލީހުން މި އެލަވެންސް ދިނުމަށް ފާސްކޮށްފައިވަނީ 57 މެމްބަރުންގެ ވޯޓުންނެވެ. އެލަވެންސް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުން ފެށިގެންނެވެ.

އެހެން ފަނޑިޔާރުންނެކޭ އެއްފައިދައިން މެޖިސްޓްރޭޓުންނަށްވެސް ފޯން އެލަވަންސް ދިނުމަށް ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަސް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެ ބައްދަލުވުމުގައި ވަނީ ރަށްރަށުގައި ހަރަކަތްތެރިވާ މެޖިސްޓްރޭޓުންނަށްވެސް އެހެން ފަޑިޔާރުންނަށް ދެމުންދާ ފޯން އެލަނަވަންސް ދިނުމަށް ނިންމާފައެވެ. އަދި މިކަން ކުރެވޭނީ ޖޭއެސްސީން މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކުރުުން ކަމަށްވާތީ މިއަދުގެ ބައްދަލުވުމުގައިވަނީ މިމައްސަލަ މަޖިލީހަށް ފޮނުވުމަށް ވަނީ އެދުވަހު ފާސްކޮށްފައެވެ.

މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސުގެ ގޮތުގައި މަހަކު 500 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، އެހެން ހުރިހާ ކޯޓުތަކެއްގެ ފަނޑިޔާރުންނަށް ކޮންމެ މަހަކު 1000 ރުފިޔާގެ އެލަވެންސެއް ދަނީ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.