އެސެޓް ރިކަވަރީ ކޮމިޝަންގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެދޭ ހިސާބަށް ހިގައްޖެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދޭފޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން، “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އާއި ހަވާލުކުރި މަސައްކަތް ނުކުރެ ކޮމިޝަނުން އޮތުމުގެ ބޭނުމުގައިމެދު ނިހާދު ސުވާލު އުފެއްދެވިއިރު، އެކޮމިޝަނަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭތީ ކޮމިޝަން އުވާލުމަށް މަޖިލިސް ރައީސްވެސް ވަނީ މީގެ ކުރިން ގޮވާލާފައެވެ.
ދައުލަތުން ގެއްލުނު ފައިސާކަމަށް ވިދާޅުވާ ފައިސާ ނުހޯދި، ވައްކަމާއި ޚިޔާނާތުގެ މައްސަލަ ނުބެލި ލަސްވާތީ އެކަމުގެ ކަންބޮޑުވުން މަޖިލީހުގައި ހިމެނޭ ގިނަ މެމްބަރުން ދަނީ ފާޅު ކުރަމުންނެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެދޭ ހިސާބަށް ހިގައްޖެ.
– ނިހާދު ވިދާޅުވިއެވެ.
ޤާއިމްކޮށްދެއްވުމަށްޓަކައި “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް، ރިޔާސީ ކޮމިޝަނެއް އުފެއްދެވީ، 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުގައެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރައްވައި ލިޔުން ހަވާލުކުރައްވާފައި ވަނީ 04 ޑިސެމްބަރު 2018 ގައެވެ.
މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަން އުފައްދަވައި ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވެއެވެ. އަދި، އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށްވެސް، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުފެއްދެވި ޤަރާރުގައި ވެއެވެ.
ކޮމެންޓު ފޮނުވާ