މާލޭ ރައްޔިތުންގެ އިހުސާސް އެނގޭނީ މާލޭގެ ރައްޔިތަކަށްކަމަށާއި، އެމަނިކުފާނަކީ މާލެއަށް އުފަން ބޭފުޅެއްކަމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް ޢަބްދުއްޞައްތާރު ވިދާޅުވެއްޖެއެވެ.
އަނަސް ވިދާޅުވީ، 2012 އިން ފެށިގެން 2018އާއި ހަމައަށް މާލޭ ރައްޔިތުންވަނީ ނިކަމެތިވެފައިކަމަށެވެ. އެނިކަމެތިކަމުން މާލެސަލާމަތްކުރައްވާނީ އެމަނިކުފާނުކަމަށާއި، މާލެސިޓިގެ ރައްޔިތުން ބޭނުވަނީ ހަމަޖެހޭ ތާހިރު ދިރިއުޅުމެއްކަމަށް އަނަސް ވިދާޅުވިއެވެ. އެމްޑިޕީގެ އެންމެ ބޮޑު މަސައްކަތަކީ ރައްޔަތުމީހާއަށް ހަމަޖެހޭ ތާހިރު ދިރިއުޅުމެއް ހޯދައިދެއްވާނެކަމުގެ ޔާގީންކަން އަރުވާކަމަށްވެސް އަނަސް ވިދާޅުވިއެވެ.
އަޅުގަނޑަކީ މާލޭއަށް އުފަން މާލޭ ރައްޔިތެއް. އަޅުގަނޑަށް އެނގޭ މާލޭ ރައްޔިތުންގެ އިހުސާސްތައް. 2012 އިން ފެށިގެން 2018 އާއި ހަމައަށް މާލޭ ރައްޔިތުންވަނީ ނިކަމެތިވެފަ. އެނިކަމެތިކަމުން މާލެސަލާމަތްކުރާނީ އަޅުގަނޑު. @MohamedNasheed
— Anas Abdul Sattar (@Mayor_Anas) March 1, 2021
މާލޭގައި ދިރިއުޅުއްވާ އަދި މާލެއިން ހިދުމަތް ހޯދާ ރައްޔިތުންނަށް އެނގިލައްވާނެ އެބޭފުޅުން އުފުއްލަވާ ބުރަ. އަޅުގަނޑުވެސް އުޅެ ބޮޑުވީ މާލެއަށްވީމަ ކަންކަން ފެނިފަހުރިވާހަކަ އަޅުގަނޑު ދެންނެވީ. މައްސަލަތައް ހައްލުކުރެވޭނެކަން ޔަގީން.
— Anas Abdul Sattar (@Mayor_Anas) March 1, 2021
އަނަސް މިހެން ވިދާޅުވެފައިވާއިރު، ވަށަފަރު މީހަކަށް މާލޭގެ ރައްޔިތުންގެ އިހުސާސް ނޭނގޭނެކަމަށާއި، ބޯހިޔާވަހިކަމެއްވެސް ހޯދައި ނުދެވޭނެކަމަށް ވިދާޅުވެ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމްވެސް ވަނީ ފާޑުވިދާޅުވެފައެވެ. ޢާޒިމް ވިދާލުވީ، “ވަށަފަރު” މީހަކަށް މާލޭގެ ރައްޔިތުންގެ އިހުސާސް ނޭނގޭނެކަމަށެވެ. މާލޭގެ ރައްޔިތުންނަށް ކުރީ ސަރުކާރުން ބޯހިޔާވަހިކަން ހޯދައި ދީފައި ނުވަނީ ވަށަފަރު މީހަކު ލައިގެން ގަސްތުގައިކަމަށްވެސް އާޒިމް ތުހުމަތުކުރައްވަފައިވެއެވެ.
ޢާޒިމް ޑރ.މުޢިއްޒުއަށް: ވަށަފަރު މީހަކަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިނުދެވޭނެ
މާލޭގެ މޭޔަރުކަމަށް އެމްޑީޕީން އަނަސް ވާދަކުރައްވާއިރު، އިދިކޮޅުން ވާދަކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ. އަދި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީވެސް ވާދަކުރައްވައެވެ.
ކޮމެންޓު ފޮނުވާ