ރޯޔަލް ފެކްޝަން އިއްޔެ ފަޟީހަތްވެއްޖެ: މަލީހު

ރޯޔަލް ފެކްޝަން އިއްޔެ ފަޟީހަތްވެއްޖެ: މަލީހު

Author
މުޙައްމަދު ޖިމީ
02 މާރޗް 2021 10:31
0

ރައްޔިތުންގެ މަޖިލީހުގެ ރޯޔަލް ފެކްޝަން އިއްޔެ ފަޟީހަތްވެފައިވާކަމަށް ވިދާޅުވެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރުކަމުން އިއްޔެ ދުރުކުރެއްވި މުޙައްމަދު މަލީހު ޖަމާލް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމަށް ފާޑުވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާ ވޯތް ނެގުމުގައި އެންމެ އިސްކޮށް އުޅުއްވީ ޢަލީ އާޒިމްއެވެ. އާޒިމަށް ރައްދުދެއްވަމުން މަލީހު ވަނީ ޢާލީ އާޒިމް އުޅުއްވަނީ ހެއްދެވި ފަރާތަށްވެސް އޮޅުވާލުމަށްތޯ ސުވާލުކުރައްވާފައެވެ. މަލީހު މަޤާމުން ދުރުކުރުމުގެ ހުރިހާ އިޖުރާއަތްތައްވެސް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނު އަސާސީއާއި ޚިލާފަށްކަމަށާއި، އިސްތަށޑިފުޅުގައި އެޅުއްވީ ދޮގު އިލްޒާމްކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަޖިލީހުގެ ރޯޔަލް ފެކްޝަަން އިއްޔެ ފަޟީހަތްވެއްޖެ. އިއްޔެ ވޯޓު ނެގި ގަޑީގައިވެސް މެންބަރުންނަށް އޮޅުވާލި. ގޯސް. ގޯސް. ގޯސް. ކައްޗަށް އެޅި ބިންގާ…

– މުޙައްމަދު މަލީހު ޖަމާލް

އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި މައްސަލާގައި ވަނީ، ދޮގާއި މަކަރު އެކުލެވޭ، ޒާތީ އަދި ނަން ކިލަނބުކޮށްލުންކަމަށް މަލީހު އިއްޔެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޓެލެކޮމިއުނިކޭޝަން ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކެއް ހަދާފައިނުވާކަމަށް މަޖިލީހުގެމެންބަރުން ތުހުމަތުކުރާއިރު، އެ ޤަވާއިދުތަކަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 2 އަހަރުގެ ތެރޭގައި ހަދާ ނިންމާފައިވާ ޤަވާއިދުތަކެއްކަމަށެވެ.

މަލީހު މަޤާމުން ދުރުކުރުމަށް ނެގި ވޯޓްގައި59 މެންބަރު ވޯތް ދެއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.