މާލެ ސިޓީ ކައުންސިލަށް ކުރެވުނުހާ ކަމަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޕާކް އެޅުން: ޝުޖާޢު

މާލެ ސިޓީ ކައުންސިލަށް ކުރެވުނުހާ ކަމަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޕާކް އެޅުން: ޝުޖާޢު

Author
މުޙައްމަދު ޖިމީ
02 މާރޗް 2021 10:07
0

މާލެސިޓީ ކައުންސިލްގެ މެޖޯރިޓީ އެމް.ޑީ.ޕީއަށް ރައްޔިތުން ދޭތާ އެތައް ދުވަސްތަކެއް ވީނަމަވެސް، ކުރެވުނުހާވެސް ކަމަކީ ކޮރަޕްޝަނަށް މަގުފައިވާ ގޮތައް ޕާކެއް އެޅުންކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދަޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް މާލެ ސިޓީގެ މޭޔަރުކަމުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މާލޭގެ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ.އ އަދި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އެޕާޓިގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްޞައްތާރެވެ.

ޝުޖާޢު ވިދާޅުވީ، މާލެސިޓީ ކައުންސިލް އެމް.ޑީ.ޕީ އަށް ރައްޔިތުން ދޭތާ ލައްކަ ދުވަސްވެއްޖެކަމަށާއި، ކުރެވުނުހާވެސް ކަމަކީ ކޮރަޕްޝަނަށް މަގުފައިވާ ގޮތައް ޕާކެއް އެޅުންކަމަށެވެ. އެގޮތުން ކުރެވުނުހާވެސް ކަމަކީ މަގުމަތީގައި ދަމާފައި ހުރި ރޮނގުތައް ރީދޫ ކުލަ އަށް ބަދަލުކުރުމާއި، ރައީސް ޔާމީން ބިނާކޮށްދެއްވި ޕާރކްތައް ފަނާކުރުންކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ޕީ.ޕީ.އެމް އަށް ކައުންސިލް ދީ އެމް.ޑީ.ޕީ އާއި ހުރި ތަފާތު ރައްޔިތުން ބަލަން އެބަޖެހޭ.މާލެ ބަދަލު ކުރާނެ ބަޔަކީ އަޅުގަނޑުމެން.އެކަން ވާނީ ރައީސް ޔާމީންގެ ކުރު 5 އަހަރު މާލެ ސިޓީ ކައުންސިލްގެ އުނދަގުލާއެކު ވެސް ކޮށް ނަތީޖާ މާލޭގެ ރައްޔިތުންނަށް ދައްކާފަ.

– ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު

ޝުޖާޢު މިހެން ވިދާޅުވެފައިވާއިރު މާލެ ލޮނުޒިޔާރަތް ޕާކް ތަރައްޤީކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ޢަމލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް މާލެ ސިޓީގެ މޭޔަރު ސިފާ މުޙައްމަދުގެ މައްޗަށް ދައުވާކުރަން ފޮނުވިއެވެ. އެ މައްސަލާގައި ދައުވާކުރުމަށް ފޮނުވިތާ އެތައް ދުވަހެއްފަހުން ދައުވާ ނުކުރުމަށް ޕީޖީން ވަނީ ނިންމާފައެވެ.

މާލެސިޓީ ކައުންސިލް ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފެދުނީއްސު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ އެމްޑީޕީއަށެވެ. ނަމަވެސް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދެވިފައި ނުވާކަމުގެ ޝަކުވާ އަބަދުވެސް ރައޔްިތުން ކުރަމުން އާދެއެވެ.

ޝުޖާވެސް އަންނަނީ ކައުންސިލް އިންތިޚާބުގައި ވާދަކުރައްވަމުންނެވެ. އޭނާ ވާދަކުަރއްވަނީ ހުލުމާލެ ދާއިރާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.