މަލީހުގެ ސުވާލެއް މެންބަރުންނަށް: ފޮރުވައިގެން އިތުރު ޤާނޫނު އަސާސީއެއް ގެންގުޅެނީތޯ؟

މަލީހުގެ ސުވާލެއް މެންބަރުންނަށް: ފޮރުވައިގެން އިތުރު ޤާނޫނު އަސާސީއެއް ގެންގުޅެނީތޯ؟

Author
މުޙައްމަދު ޖިމީ
02 މާރޗް 2021 09:36
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފޮރުވައިގެން އިތުރު ޤާނޫނު އަސާސީއެއް ގެންގުޅުއްވަނީތޯ ވިދާޅުވެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރުކަމުން އިއްޔެ ވަކިކުރެއްވި މުޙައްމަދު މަލީހު ޖަމާލް ސުވާލުކުރައްވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް އެއްވެސް ގައިދުރުކަމެއްނެތި ދައުލަތުގެ އެއްބާރު ކަމުގައިވާ (މަޖިލިސް) ކުރާ ގޭގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ އުފަންދުވަސް ފާހަގަކުރުމަށް އިއްޔެ ބޭވި ޕާޓީގައި އުފާ ފާޅުކުރާ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެކަމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ މަޖިލީހަށް އަމާޒުވެފައެވެ.

އެ ވީޑިއޯއަށް އިޝާރާތްކުރައްވާ މަލީހު ވަނީ، ރައްޔިތުންނަށް ފޮރުވައިގެން އިތުރު ޤާނޫނު އަސާސީއެއް މަޖިލިސް މެންބަރުން ގެންގުޅުއްވަނީތޯ ސުވާލު ކުރައްވާފައެވެ. މަލީހު ވިދާޅުވީ، ޤާނޫނަށްވުރެ މަތިން އޮޕަރޭޓްކުރާ މަޖިލިސް މެންބަރުން ފަދަ ފަރާތްތަކަށް ވަގުތުން ފިޔަވަޅު އެޅެންވާނެކަމަށާއި، ރައްޔިތުން ޖޫރިމަނާ ކުރެވޭންވާނީ އޭގެ ފަހުންކަމަށެވެ.

އަޅުގަނޑުމެންނަށް ފޮރުވައިގެން ގެންގުޅޭ އިތުރު ޤާނޫނު އަސާސީއެއް މިބޭފުޅުން ގެންގުޅުއްވަނީތޯ؟ ޤާނޫނަށްވުރެ މަތިން އޮޕަރޭޓްކުރާ މިފަދަ ފަރާތްތަކަށް ވަގުތުން ފިިތަވަޅު އަޅުއްވާ. އެހެން ރައްޔިތުން ޖޫރިމަނާ ކުރެވޭނީ އޭގެ ފަހުން

– މުޙައްމަދު މަލީހު ޖަމާލް

މަލީހު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މަލީހު މަޤާމުން ދުރުކުރުމަށް އެންމެ އިސްކޮށް އުޅުއްވި ޢަލީ އާޒިމްގެ އުންދުވަހާއި ގުޅިގެންއިއްޔެ މަޖިލީހުގައި ކޭކު ފެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެންމެ އިސްކޮށް ހުންނެވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ. އެ ހަފްލާގައި މަޖިލީހުގައި ހިމެނޭ ގިނަ މެމްބަރުން ވަނީ ބައިވެރިވެފައެވެ. ކޭކު ފެޅުމަށް ބޭއްވި ޕާޓީގައި މެމްބަރުން ތިއްބެވީ އެއްވެސް ގައިދުރު ކަމެއްނެތި ވަރަށް ކައިރިކައިރީގައެވެ. މި ވީޑިއޯއާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަޖިލީހުގެ އިދަރާއަށާއި، މަޖިލީހުގެ މެމްބަރުންނަށް އަމާޒުވެފައެވެ.

މީގެ އިތުރުން ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން ހަރުކަށި ގިނަ ފިޔަވަޅު ތަކެއް އަޅާފައިވާއިރު، ޢާންމު ރައްޔިތުންނާމެދު ފިޔަވަޅުއަޅާ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރަމުން ދިޔަނަމަވެސް ސަރުކާރުގެ އިސް ފަރާތްތަކާއި މަޖިލިސް މެންބަރުން، އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވެގެން ފިޔަވަޅު ނާޅާކަމަށް ބުނެ ސަރުކާރާ އެޗްޕީއޭއާއި މަޖިލީހަށްވެސް ފާޑުކިއުން އަމާޒުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.