ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ޢަލީ ނަޝީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ބަލަން ފަށައިފިއެވެ.
ޖޭއެސްސީން ބުނީ ޢަލީ ނަޝީދު، މުޖުތަމަޢު ޤަބޫލުނުކުރާފަދަ އަޚްލާޤީ މިންގަނޑާ ޚިލާފް ކަންތައްތަކެއް ކުރަމުންދާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ތަޙުޤީޤްކުރަމުން ދާކަމަށެވެ. އަދި އ މައްސަލަ ބެލުމަށް ކޮމިޓިއެއްވެސް މިހާރު އެކުލަވާލާފައިވާކަަމށްވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން އަންނަނީ ރަށްރަށުގެ މެޖިސްޓްރޭޓުންނާއި ގުޅޭ ގިނަ މައްސަލަތަކަށް ފަހަކަށް އައިސް ބަލަމުންނެވެ. އަދި ވަރަށް ގިނަ މެޖިސްޓްރޭޓުންނަށް ފިޔަވަޅު އަޅާފައިވެސްވެއެވެ.
ދާދިފަހުންވެސް ޖޭއެސްސީން ވަނީ17 ފަނޑިޔާރެއްގެ މައްސަލަ ބަލަން ފަށާފައިވާކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ