ބާރަށުން ކޯވިޑަށް 9 މީހަކު ޕޮޒިޓިވްވެއްޖެ

ބާރަށުން ކޯވިޑަށް 9 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
01 މާރޗް 2021 03:56
0

ހއ.ބާރަށުން ކޯވިޑް-199 މީހަކު ޕޮޒިޓިވްވެއްޖެއެވެ. އެރަށުން ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓިންގައި ތިބި ބައެކެވެ.

އެ މީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވުމާ ގުޅިގެން އިއްޔެ ނެގި ރިލީޒް ސާމްޕަލުންނެވެ. އެ 9 މީހުންނަކީ އެއްކޮށް ކަރަންޓީނުގައި ތިބި މީހުންކަމަށާއި އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށް ބާރަށު ކައުންސިލިން ބުންޏެވެ. ޕޮޒިޓިވްވި މި 9 މީހުންގެ ތެރޭގައި ހައިރިސްކު މީހެއް ހިމެނޭ ކަމަށް އެ އަތޮޅު ހޮސްޕިޓަލުންވަނީ ބުނެފައެވެ. އަދި އެމީހާ މިހާރު ށ. އަތޮޅު ފުނަދޫގައި ހުންނަ ކޯވިޑް ފެސިލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދުވަނީ 19،793 އަށް އަރާފައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 17،249 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 2،475 މީހަކު ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނައިރު، 179 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.މި ބަލީގައި މިހާތަނަށް 62 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.