އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން "ރަށްވެހި ފަތިސް" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލާއި އިމުގެ ތެރެއިންކަމަށް ފުލުހުން ކަނޑައަޅާއިފިއެވެ.
ރޭ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕގެ ކައުންސިލް އިންތިޚާބަށް ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު ޜޭ ބާއްވާފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ސްޓޫޑިއޯގައެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންވާހެން، އެމްޑީޕީގެ 39 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތު ބާއްވާފައިވަނީ މާލެ ސަރަހައްދުގައި އެއްވެސް އެއްވުމެއް އަދި ރަސްމިއްޔާތުތަކެއް އަދި ޕާޓީތަކާއި އިހުތިފާލްތައް ނުބޭއްވުމަށް އެޗްޕީއޭއިން އަންގާފައިވަނިކޮށެވެ. އަދި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ ނޫޅެވޭނެކަމަށްވެސް އެޗްޕީއޭގެ ގައިޑްލައިންގައިވެއެވެ.
ނަމަވެސް ރޭ ރައީސް ބައިވެރިވެވަޑައިގެންނވި ރަސްމިއްޔާތުގައި އެޗްްޕީއޭއިން ކަޏޑައަޅާފައިވާ އަދަދަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ފުލުހުން ބުނީ އެ ރަސްމިއްޔާތު ބާއްވާފައިވަނީ އެޗްޕީއޭގެ އުސޫލާއި އިމުގެ ތެރެއިންކަމަށެވެ.
އެމްޑީޕީގެ ރަށްވެހި ފަތިސް ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ އުސޫލާއި އެއްގޮތަށްކަމަށް ފުލުހުން ބުނެފައިވާއިރު، ދާދިފަހުން ސޯލްޓް ކެފޭގައި ކުރިއަށްދިޔަ ޕާޓީއެއް ފުލުހުން ހުއްޓުވާ އެ ކެފޭ ޖޫރިމަނާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ