ރައްޔިތުންގެ ހައްގުގެ ވާހަކަ ދެއްކުމަށް ރައްޔިތުންނަށް މަގުތަކަށް ނިކުމެވެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްޠަފާ (ތިމަރަފުށި މުސްޠަފާ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެން ޕިއެންސީން ކުރިއަށްގެންދާ އިހުތިޖާޖު ފެށުމުގެ ކުރިން ފުލުހުންގެ އެތައް ބަޔަކު ނިކުމެ ހުރަސް އަޅަންފަށާފައިވާއިރު، މުސްޠަފާ މީގެ ކުރިންވެސް ވަނީ މިއަދު މުޒާހަރާކުރުމަށާއި، ރައީސް ޔާމީން މިނިވަންކުރުމަށް ރައްޔިތުން ނިކުތުމަށް ގޮވާލައްވާފައެވެ.
މިއަދު އިދިކޮޅުގެ ހަރަކާތަށް ފުލުހުން ހުރަސް އަލަމުންދާ ދިއުމަށް އިޝާރާތްކުރައްވާ މުސްޠަފާ ވިދާޅުވީ، ކޮވިޑޭ ކިޔައިގެން ރައްޔިތުންނަށް ބޮޑޫ އޮޅުވާލުމަށް އޮޅުވާލާފައިވާކަމަށާއި، ރައްޔިތުންގެ ހައްގުގެ ވާހަކަ ދައްކަން ރައްޔިތުންނަށް ނިކުމެވެންޖެހޭކަމަށެވެ. އެއީ މުޅި ދުނިޔޭގައިވެސް އެކަން އޮތްގޮތްކަމަށްވެސް މުސްޠްފާ ވިދާޅުވިއެވެ.
ކޮވިޑޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލައިގެން އުޅޭ ބޮޑު އޮޅުވާލުމެއް! ރައްޔިތުންގެ ހައްގުގެ ވާހަކަ ދައްކަން ރައްޔިތުންނަށް ނިކުމެވޭނެ! ދިވެހިރާއްޖޭގެ އެކަންޏެއްނޫން، މުޅި ދުނިޔޭގައިވެސް އެކަން އޮތް ގޮތް.
– ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްޠަފާ
Covid ey kiyaagen Rahyithunnah olhuvaalaagen ulhey bodu olhuvaalumeh..! Rahyithun ge Hague ge vaahaka dhahkan Rahyithunnah nikumeveyne! Dhivehi Raajjeyge ekanyeh noon mulhu dhuniyega ves e ee akan oi goiy.!
— Mohamed Musthafa (@Thimarafushi) February 26, 2021
ފުލުހުން ވަނީ މިއަދު މުޒާހަރާގެ ބައިވެރިންމަށްވުރެ ކުރިން ބޮޑު ތަކުރުފާނު މަގު ޕީޕީއެމް ކައިރިއަށް އެއްވެ، އެސަރަހައްދަށް އެއްވާ ބައެއް މީހުން ހައްޔަރުކުރަން ފަށާފައެވެ. މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ ޑިއާރުޕީގެ ލީޑަރު ކާނަލް ނަޝީދާއި، ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި، ޕީއެންސީގެ ކައުންސިލް މެމްބަރު ނަރީޝް ހިމެނެއެވެ. އަދި އެނޫންވެސް ޕީޕީއެމް ޕީއެންސީގެ ބައެއް ސަޕޯޓަރުންވެސް ހިމެނެއެވެ.
މުޒާހަރާގައި ބައިވެރިވުމަށް ޕީޕީއެމް އޮފީސް ކައިރިއަށް މީހުންނަށް އެއްވިޔަ ނުދީ އެސަރަހައްދުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިއަދުގެ މުޒާހަރާއާއި ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އެއްވެސް ބަޔަކަށް، އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމުގައެވެ.
ކޮމެންޓު ފޮނުވާ