ވެކްސިން ޖަހައިގެން ބޮޑު ސައިޑް އިފެކްޓެއް އައީ ދެތިން މީހަކަށް: އެޗްއީއޯސީ

ވެކްސިން ޖަހައިގެން ބޮޑު ސައިޑް އިފެކްޓެއް އައީ ދެތިން މީހަކަށް: އެޗްއީއޯސީ

Author
މުޙައްމަދު ޖިމީ
25 ފެބްރުއަރީ 2021 11:00
0

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖަހައިގެން ބޮޑު ސައިޑު އިފެކްޓެއް އައިސްފައިވަނީ ދެތިން މީހުންނަށްކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

އެސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ، ވެކްސިން ޖެހުމުން ޢާންމުކޮށް ފެންނަ އަލާމާތްތައް ގިނަ މީހުންނަށް ކުރިމަތިވާކަމަށެވެ. ނަމަވެސް އެ އަލާމާތްތައް އަވަހަށް ރަނގަޅުވާކަމަށާއި، ރާއްޖޭގައި މިހާތަނަށް ލައްކައެއްހާ މީހުންނަސް ވެކްސިން ދީގެން ބޮޑު ސައިޑް އިފެކްޓެއް އައިސްފައިވަނީ ދެތިން މީހަކަަށްކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ، މިވަގުތު ބަލިން އަވަހަށް އަރައިގަތުމަށް އޮތް އެންމެ ރައްކާތެރި އަވަސް ހަތިޔާރަކީ ވެކްސިންކަމަށެވެ. ރައްޖޭގައި ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިނގެ ފުަތަމަ ޑޯޒް ލައްކައަކާއި ގާތް ކުރާ ޢަދަދަކަށް މީހުން ޖަހާފައިވާއިރު، ދެވަނަ ޑޯޒް ޖެހުމަށް ނިންމާފައިވަނީ8 ހަފްތާފަހުންނެވެ.

ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މިހާތަނަށް މީގެ 200،000 ޑޯޒް ވެކްސިން އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔަކޮށްފައެވެ. މީގެ އިތުރުން ޗައިނާއިން100،000 ވެކްސިން ޑޯޒް ހަދިޔާކޮށްފައިވާއިރު، ހެޔޮއެދޭ އަމިއްލަ ފަރާތަކުންވެސް 5000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

G Goadhee raajaa
Dhen maruvi dhemafirinno?