ހުޅުލޭގައި ތަޅާލަމުންދާ ބާ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް

ހުޅުލޭގައި ތަޅާލަމުންދާ ބާ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް

Author
ޢަލީ އާދަމް
25 ފެބްރުއަރީ 2021 12:27
0

ހުޅުލޭގައި ތަޅާލަމުންގެންދާ ބާއިމާރާތެއްގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔާއެންޑް ރެސްކިއުއާއި އެއަރޕޯޓް ފަޔާއެންޑް ރެސްކިއު ގުޅިގެން ނިއްވާލައިފި އެވެ.

އެމެއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 11:00 ހާއިރު ކަމަށެވެ. އަދި މިހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ އިމާރާތުގެ ތެރޭގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބާ ގޮދަނޑިތަކެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.