އުޝާމް، ދޮންބިލަތް ޙަލީމަށް: ކުރީ ސަރުކާރުން އިންޑިއާއިން ރިޝްވަތު ނެގިނަމަ ހެއްކާއެކު އޭސީސީއަށް ހުށައަޅުއްވާ

އުޝާމް، ދޮންބިލަތް ޙަލީމަށް: ކުރީ ސަރުކާރުން އިންޑިއާއިން ރިޝްވަތު ނެގިނަމަ ހެއްކާއެކު އޭސީސީއަށް ހުށައަޅުއްވާ

Author
މުޙައްމަދު ޖިމީ
24 ފެބްރުއަރީ 2021 10:31
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން އިންޑިއާއިން ރިޝްވަތު ނަގަން އުޅުނުކަމަށް ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލަތް) ވިދާޅުވުމާއި ގުޅިގެން އެފަދަ ބޮޑު ތުހުމަތެެއްގައި ހެކިވެސް ހުންނާނެކަމަށާއި، އެ މައްސަލަ އަވަހަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ޙަލީމަށް ދަންނަވައިފިއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށް ވި އެއްބަސްވުމުގައި ކުރީ ސަރުކާރުން ސޮއި ނުކުރީ އޭރުގެ ބޮޑުންގެ ޖީބަށް 100 ވަރަކަށް މިލިއަން ޑޮލަރު ނަންގަވަން އުޅުމުން ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވަނީ ކުރީދުވަހުގެ ޖަލްސާއެއްގައި ވިދާޅުވެފައެވެ.

އެކަމަށް ރައްދުދެއްވާ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ، ރިޝްވަތުނަގަން އުޅުމަކީވެސް ގާނޫނީ ކުށެއްކަމަށާއި، ރިޝްވަތުނަގަން އުޅުނުކަން އެނގޭކަމަށް ބުނާއިރު، ރިޝްވަތުނަގަން އުޅުނީ ކޮން ފަރާތަކުންކަންވެސް އެނގޭނެކަމަށެވެ. އަދި ހެކިވެސް ހުންނަންވާނެކަމަށާއި، އެހެންކަމުން އެމައްސަލަ ތަހްގީގުކުރުމަށް ލަސްނުކޮށް ހެއްކާއެކު އޭސީސީއަށް ހުށަހެޅުން ވަރަށް މުހިންމުކަމަށް މެންބަރު އުޝާމް ވިދާޅުވިއެވެ.

ރިޝްވަތުނަގަން އުޅުމަކީވެސް ގާނޫނީ ކުށެއް. ރިޝްވަތުނަގަން އުޅުނުކަން އެނގޭކަމަށް ބުނާއިރު، ރިޝްވަތުނަގަން އުޅުނީ ކޮން ފަރާތަކުންކަންވެސް އެނގޭނެތާ. ހެކިވެސް ހުންނަންވާނެ. އެހެންވީމަ ތިމައްސަލަ ތަހްގީގުކުރުމަށް ލަސްނުކޮށް ހެއްކާއެކު އޭސީސީއަށް ހުށަހެޅުން ވަރަށް މުހިންމު.

– ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް

އުތުރު ތިލަފަޅު ތަރައްޤީކުރުމަށް މިސަރުކާރުން އިންޑިއާއެކު އެއްބަސްވެ އުތުރު ތިލަފަލުގައި އިންޑިއާ ސިފައިން ތިބެވޭނެކަމަށް އެ އެއްބަސްވުން ބުނާކަމަށް މީޑިއާއަށް ތިލަވުމާއެކު މިސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި، މިސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުންވަނީ އެއީ ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުމެއްކަމަށް ބުނެ އެ ތުހުމަތުތައް ކުރީ ސަރުކާރަށް އަމާޒުކޮށްފައެވެ. ނަމަވެސް ކުރީ ސަރުކާރުން އެގޮތަށް އެއްބަސް ނުވީކަމަށް އޭރުގެ ޑިފެންސް މިނިސްޓަރާއި، ސަފީރުވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.