އިނާޒް ރައީސް ނަޝީދަށް: އަމިއްލަ އެޖެންޑާ ކުރިއެރުވުމަށްވުރެ އިޚްލާސްތެރި ވާންޖެހޭ

އިނާޒް ރައީސް ނަޝީދަށް: އަމިއްލަ އެޖެންޑާ ކުރިއެރުވުމަށްވުރެ އިޚްލާސްތެރި ވާންޖެހޭ

Author
މުޙައްމަދު ޖިމީ
22 ފެބްރުއަރީ 2021 08:14
0

ޕާޓިގެ އެކްޓިވިސްޓުން މެދުވެރިކޮށް އަމިއްލަ އެޖެންޑާ ހިމާޔަތްކުރުމަށްވުރެ ބޮޑަށް ޤައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އިޚްލާސްތެރިވުމަށް އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ ފިނޭންސް މިނިސްޓަރ ޑރ.އަޙްމަދު އިނާޒް ރައީސް ނަޝިދަށް ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދަށް އިނާޒް މިކަމަށް ގޮވާލައްވާފައި މިވަނީ، ދުނިޔޭގެ އެހެން ޤައުމުތަކައި ރާއްޖެއިން ޚާރިޖީ ގުޅުންތައް ބަދަހި ކުރި ކަމުގައި ވީނަމަވެސް އެންމެ ފުރަތަމަ އަބަދުވެސް މިސަރުކާރުން އިސްކުރާނީ އިންޑިޔާކަަމަށް މަޖިލިސް ރައީސް ވިދާޅުވެފައިވަނިކޮށެވެ. އަދި އުތުރު ތިލަފަޅުގައި އިންޑިއާގެ އެހީގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްްޤީކުރުމަށް ވެފައިވާ އެއްބަސްވުމާއި ގުޅިގެން އެ އެއްބަސްވުމުގައި ހުރި މަޢުލުމާތުތައް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް މައްސަލައެއް ހުށައަޅާފައިވަނިކޮށެވެ.

އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި މަޖިލީހުގެ ރައީސްއަކަށް ހުންނެވި ބޭފުޅަކަށްވާއިރު، އެމަނިކުފާނުގެ ވަށައިގެންވާ ބޭފުޅުންގެ އިހްތިރާމާއި ލޯބި ސާބިތުކުރުމަށް އެމީހުންގެ ވާހަކަތައް އަޑުއަހައި އިޙްތިރާމް ކުރަންޖެހޭކަމަށްވެސް އިނާޒް ނަޝީދަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފުރަތަމަ ފައިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، އިނާޒް މީގެ ކުރިންވެސް ވަނީ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ފާޅުކުރި ޚިޔާލުތަކަށް ރައްދުދެއްވާފައެވެ. އެގޮތުން ރާއްޖޭގައި އިސްލާމީވަންތަ ސަގާފަތެއް ދިރުވައި ހަރުދަނާވެދާނެތީ ރައްޔިތުން ދީނާއި ދުރުކުރުމަށް ސިޔާސީ ބޮޑުންތަކެއް ރާވާ ހިތްވަރުދީ، ސިޔާސީ ނިވާފަތްގަނޑުގައި މަސައްކަތްކުރާތާ އަހަރުތަކެއް ވެފައިވާކަމަށާއި،. ބަނގުރާ ޢާންމު ކުރުމަށް މަސައްކަތްކުރި މީހުންގެ އަބުރު، ހާމަކަންބޮޑުކޮށް އެކްޓިވިސްޓުން އަދި މަޖިލިސް މެންބަރުންލައްވާ ސިޔާސީ ނަމުގައި ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ނަގާލަމުންދަނީކަމަށް އިނާޒް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.