ކޮވިޑް ވެކްސިން ދޭ ޤައުމުތަކުގެ ކުރީގައި ރާއްޖެ

ކޮވިޑް ވެކްސިން ދޭ ޤައުމުތަކުގެ ކުރީގައި ރާއްޖެ

Author
މުޙައްމަދު ޖިމީ
22 ފެބްރުއަރީ 2021 07:08
0

އާބާދީގެ ނިސްބަތުން ކޯވިޑް-19 ވެކްސިން އެންމެ ހަލުވި ކަމާއެކު ޖަހަމުންދާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ.

ދުނިޔޭގެއެކި ކަންކަމާއި ގުޅޭ ދިރާސާ އާއި ތަފާސް ހިސާބުތައް އާއްމު ކުރާ "އަވާ ވޯލްޑް އިން ޑޭޓާ"ގެ ވެބްސައިޓުގައިވާ ގޮތުން ކޮވިޑް ވެކްސިން ޖެހުމުގެ އެންމެ ކުރީގައި ހިމެނޭ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނޭއިރު، އެ ވެބްސައިޓްގައި ވާގޮތުން ރާއްޖޭގެ އާބާދީގެ ކޮންމެ 100 މީހަކަށް ވެކްސިންގެ 12.9 ޑޯޒް ވަނީ ދީފައެވެ.

އެލިސްޓްގެ އެންމެ ކުރީގައި އޮތީ އިސްރާއީލްއެވެ. އެގޮތުން އެގައުމުގެ ކޮންމެ 100 މީހަކަށް ވެކްސިންގެ 82.4 ޑޯޒް ޖަހާފައިވެއެވެ. ސްރާއީލާ އެންމެ ގާތް ކުރަނީ ސީޝެލްސް އާއި ޔޫއޭއީއެވެ. ސީޝެލްސްގެ ކޮންމެ 100 މީހަކަށް 62.39ގެ ޑޯޒް ޖަހާފައިވާއިރު ޔޫއޭއީގައި އެ ޢަދަދު ހުރީ 56.15 ޑޯޒްގައެވެ.

ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުން އަންނައިރު، މިހާތަނަށ ް70،000 ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އަދި ކޮންމެ ދިވަހަކުވެސް އެތައް ބަޔަކަށް ވެކްސިން ދެމުން އަންނައިރު، މެދު ނުކެނޑި ދެމެހެއްޓިނި ގޮތެއްގައި ކުރިއަށްގެންިދއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެންމެ ފުރަތަމަ ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެޤައުމުން ވަނީ 200،000 ވކްސިން ޑޯޒް ހަދިޔާކޮށްފައެވެ. އަދި ޗައިނާއިންވެސް 100،000 ވެކްސިން ޑޯޒް ހަދިޔާކޮށްފައިވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމ ވެކްސިން ޖެހީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށާއި، ހައި ރިސްކު މީހުންނަށެވެ. ނަމަވެސް މިހާރު އެހެން އުމުރުފުރާގެ މީހުންނަށްވެސް ވެކްސިން ޖަހައިދެމުން އަންނައިރު،30 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖެހުމަށް ވަނީ ހުޅުވާލާފައެވެ. އަދި ރާއްޖޭގައި 18 އަހަރުން މަތީގެ ހުރިހާ އެންމެނަށް ވެކްސިން ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ. އޭގެ ތެރޭގައި ބިދޭސީންނަށްވެސް ހިލޭ ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.