ސޯލްޓް ކެފޭގައި ކުރިއަށްދިޔަ ކައިވެނި ޕާޓީ ހުއްޓުވާ، ކެފޭ ޖޫރިމަނާކޮށްފި

ސޯލްޓް ކެފޭގައި ކުރިއަށްދިޔަ ކައިވެނި ޕާޓީ ހުއްޓުވާ، ކެފޭ ޖޫރިމަނާކޮށްފި

Author
މުޙައްމަދު ޖިމީ
22 ފެބްރުއަރީ 2021 06:35
0

އެޗްޕީއޭގެ ގައިޑްލައިނާާއި ޚިލާފަށް ސޯލްޓް ކެފޭގައި ކައިވެނި ޕާޓިއެއް ކުރިއަށްދާތީ ފުލުހުން އެކެފޭ ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް ބާއްވަމުން ދިޔަ ކައިވެނި ޕާޓީ ހުއްޓުވައި ކެފޭ ޖޫރިމަނާކޮށްފައިވާކަަމަށެވެ. ފުލުހުން އެހެން ބުނިނަމަވެސް ކައިވެނި ޕާޓީވަނީ އިރު އޮއްސުމާއި ހަމައަށް ކުރިއަށް ގެންގޮސްފައެވެ. އެ ކެފޭގައި ޕާޓީއެއް ކުރިއަށްދާކަން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން އެ ޕާޓި ކުރިއަށްދާ ކެފޭއަށް ދެ ފުލުހަކު ދިއުމަށްފަހު އެތަނުގައި މާާސްކު ނާޅާ ތިބި ބައެއް މީހުންނަށް ނަސޭހަތް ދިނެވެ. ނަމަވެސް ޕާޓި ހުއްޓުވާފައެއް ނުވެއެވެ.

ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާ އަޅާފައިވާ ފިޔަވަޅުތައް ބަޔާންކުރާ ގައިޑްލައިންގައި ވާގޮތުން މާލެ ސަރަހައްދުައި ކައިވެނި ޕާޓީތަކާއި އެއްވުންތައް ބޭއްވުމަކީ މަނާކަމެކެވެ. އަދި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެކީގައި ބޭރަށް ނުނިކުމެވޭނެކަމަށްވެސް ކަނޑައަޅާފައިވެއެވެ.

މާލޭގައި ކުރިއަށްދާ ކައިވެނި ޕާޓީ ފުލުހުން ހުއްޓުވާފައި ނުވާއިރު، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް މާސްކު އަޅައިގެން އަދި ގައިދުރުކަން ބަހައްޓައިގެން އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާއަށް އެސްއޯ ފުލުހުން ނިކުމެ ބާރުގެ ބޭނުންކޮށް ރޫޅާލާފައިވެއެވެ. އަދި ޕެޕަރ ސްޕްރޭ ޖަހާ އެއްވުންތައް ރޫޅާލާފައިވެސްވެއެވެ. އަދި މާލޭގައި މުޒާހަރާ ކުރިއަށްދާނަމަ އެއްވެސް އިންޒާރަކާއި ނުލާ ރޫޅާލާ ޖިޏާޢީ ދައުވާ އުފުލާނެކަމުގެ އިންޒާރުވެސް ފުލުހުން ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.