މީޑިއާގެ މިނިވަންކަން އަދިވެސް ކަށަވަރު ނުވާކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެއްޖެ

މީޑިއާގެ މިނިވަންކަން އަދިވެސް ކަށަވަރު ނުވާކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެއްޖެ

Author
މުޙައްމަދު ޖިމީ
22 ފެބްރުއަރީ 2021 10:46
0

މީޑިއާގެ މިނިވަންކަން އަދިވެސް ނެތްކަމާއި، އެ މިނިވަންކަން އޮންނަންޖެހޭކަމަށް އިންފޮމޭޝަން ކޮމިޝަނަރަު ޙުސައިން ފިޔާޒް މޫސާ ވިދާޅުވެއްޖެއެވެ.

އިންފޮމޭޝަން ކޮމިޝަނު މިހެން ވިދާޅުވެފައި މިވަނީ އެއްވުންތަކާއި މުޒާހަރާތައް އަދި އެހެނިހެން އިވެންތައް ކަވަރުކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ގޮވާލާ ނޫސްވެރިން އިއްޔެ ހިމޭން އިހުތިޖާޖެއް ކޮށްފައިވަނިކޮށެވެ. އެގޮތަށް އިހްތިޖާޖްކޮށްފައިވަނީ، އިދިކޮޅު ކޯލިޝަނުން ބޭއްވި އިހުތިޖާޖު ކަވަރުކުރުމަށްއުޅުނު ޗެނަލް13ގެ ނޫސްވެރިއަކަށް އަނިޔާވުމާއި، އެ ސްޓޭޝަންގެ ނޫސްވެރިންތަކެއް ކެފޭއެއްގައި ކޮފީ ބޯންތިއްބައި ތިން ފުލުހަކު ވަދެ ނޫސްވެރިއަކަށް އަނިޔާކުރި މައްސަލައަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ކުރިއަށްދިޔަ އިހުތިޖާޖުގެ ފޮޓޯއަކާއި ކުރީ ސަރުކާރުގައި މީޑިއާގެ މިނިވަންކަމަށް ގޮވާލާ މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރުވެސް ބައިވެރިވެވަޑައިގެންވި އިހުތިޖާޖުގެ ފޮޓޮއަކާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެ ސަރުކާރުަގއިވެސް އަދިވެސް މިދެކެވެނީ އެއް ވާހަކައެއްކަމަށެވެ. އޭނާ ވިދާޅުވީ މީޑިއާގެ މިނިވަންކަން އޮންނަންޖެހޭކަމަށާއި، ނޫސްވެރިކަންވެސް ޒިންމާދާރު ވާންޖެހޭކަމަށެވެ. އަދި މާއްދާ 27 ވެސް ގިނަ ގިނައިން ބޭނުންކުރަން ޖެހޭކަމަށްވެސް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.

އެކި މީޑިއާއަށް ނިސްބަތްވާ ނޫސްވެރިން ބައިވެރިވި ހިމޭން އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވިސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ކުރިމަތީގައެވެ. ނޫސްވެރިޔާއަށް އަނިޔާކުރި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދާން އެންގުމުން ފުލުހުންނާއި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ބައެއް މީހުން އެ ސަރަހައްދުގައި ހުރި ކެފޭއަކަށް ވަނުމުން އެ މީހުން ނެރެން ފުލުހުން އެ ކެފޭއަށް ވަން ކަމަށެވެ.

އިދިކޮޅުގެ މުޒާހަރާތައް ހަވާކުރާ ބައެއް ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރާކަމުގެ ކަންބޮޑުވުން ނޫސްވެރިން ދަނީ ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.