ބައިނަލްއަޤުވާމީ އެވޯޑެއް ކޯވިޑް-19ގެ ތެރޭގައި ހިންގި ރާއްޖޭގެ ޓެލިކިލާހަށް ލިބިއްޖެއެވެ. ތަޢުލީމީދާއިރާގައި ބޭނުންކުރާ އީޖާދީ އުފެއްދުންތަކަށް ޚާއްސަކޮށްދޭ އެވޯޑް ތެލެކިލާހަށް ލިބިފައިވާއިރު، މިއީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައިދޭ ވެންހުއި އެވޯޑް ފޯރ އެޑިއުކޭޝަނަލް އިނޮވެޝަންގެ އެވޯޑެއް ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.
ކޯވިޑް-19ގެ ސަބަބުން ސްކޫލަށް ގޮސްގެން ކިޔެވުން ކުރިއަށް ގެންދެވޭނެ މަގު ބަންދުވުމާއެކު ކުދިންގެ ކިޔެވުން މެދުކެނޑިޔަ ނުދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލްތަކާއި ގުޅިގެންވަނީ ޓެލިކިލާސް ކުރިއަށްގެންގޮސްފައެވެ. ފުރަބަންދާ ގުޅިގެން މިދިޔަ 2020ވަނަ އަހަރުގެ މާޗުމަހުގެ 15ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ޕަބްލިކް ސަރވިސް މީޑިއާގެ ޔެސްޓީވީއާއި މުންނާރު ޓީވީއާއި ދިވެހި ޗެނަލާ ގުޅިގެންވަނީ ކުދިންގެ ކިޔެވުމަށް ބޭނުންވާ ފިލާވަޅުތައް ރިކޯޑުކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ގެނެސްދީފައެވެ.
#Telikilaas has won the UNESCO Wenhui Award for Educational Innovation in Asia-Pacific Region and received USD 20,000. ??
Our winning project is "Continuity of Education during Pandemic: Broadcasting of Lessons on National TV channels (Telikilaas)" pic.twitter.com/0iF8zU9suO
— Ministry of Education (@MoEdumv) February 21, 2021
އެގޮތުން މިކަމުގައި ސްކޫލްތަކުގެ އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފާހަގަކުރައްވަމުންގެންދަވާއިރު މި ޓެލިކިލާސްތަކަށް މިވަނީ ބައިނަލްއަޤުވާމީ އެވޯޑެއް ލިބިފައެވެ. ތަޢުލީމީ ދާއިރާގައި ކުދިންގެ ކިޔެވުންމަށް އިތުރު ފުރިހަމަ ކަމަކަމެއް ގެނެސްދީ ޝައުގުވެރިކުރުވުމަށް ރާއްޖޭގެ ސްކޫލްތަކުން ގުޅިގެން ކުރި މަސައްކަތްފާހަގަކޮށް ޔުނެސްކޯ އޭޝިއާ ޕެސިފިކް ޕްރޮގްރާމް އޮފް އެޑިއުކޭޝަނަލް އޮނޮވޭޝަން ފޯރ ޑިވެލޮޕްމަންޓާއި ނޭޝަނަލް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ފޯރ ޔުނެސްކޯ ގުޅިގެންދޭ އެވޯޑެއް ވަނީ ލިބިފައެވެ.
މިއެވޯޑަކީ 2010ވަނަ އަހަރުން ފެށިގެން މިދެއިދާރާ ގުޅިގެން އޭޝިއާ ޕެސިކިފް ޤަޢުމުތަގުގައި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އީޖާދީގޮތުން ފާހަގަކުރެވޭ ޚިދުމަތްކުރާ ފަރާތްތަކާއި އިދާރާތަކުގެ އަގުވަޒަންކުރުމަށް ދެމުން އަންނަ އެވޯޑެކެވެ. ހިތްވަރު ދިނުމަށް ދެވޭ މިއެވޯޑު ޙާސިލުކުރާ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ވިހި ހާސް އެމެރިކާ ޑޮލަރު ލިބޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
ކޯވިޑް-19 އާއި ގޅިގެން ސްކޫލަތަށް ޙާޒިރުވެ ކިޔަވައިދިނުން އެތައް މަހެއް ވަންދެން މެދު ކެނޑިގެން ދިޔައިރުވެސް، ތަޢޫލީމް އުނގަންނައިދިނުން މެދު ނުކެނޑި ރާއްޖޭގައި ވަނީ ޓެލިކިލާސް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައެވެ. އަދި އެއްވެސް ގްރޭޑެއްގެ ކިޔެވުން މެދުކެނޑިފައިވެސް ނުވެއެވެ.
ކޮމެންޓު ފޮނުވާ