މާލޭގެ މޭޔަރުކަމަށް ރައްޔިތުން އައްޔަންކުރައްވާނީ އެކަމަށް އެންމެ ޤާބިލް ބޭފުޅެއްކަމަށް ވިދާލުވެ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނާއިބު ރައިސް ޝުޖާޢު ޙުސައިން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުލުންގެ ތަޖުރިބާތައް ހިއްސާކުރައްވައިފިއެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ތިން ބޭފުޅުން ޓެގް ކުރައްވާ ޝުޖާޢު ކުރެއްވީ ޓްވީޓެއްގައި ވަނީ އެ ތިންބޭފުޅުންގެ ތެރެއިން މާލެސިޓީގެ މޭޔަރަކަށް މާލޭގެ ރައްޔިތުން އިންތިޚާބު ކުރައްވާނީ އެންމެ ޤާބިލް ބޭފުޅާކަމާމެދު އެއްވެސް ޝައްކެއްް ނުކުރައްވާކަމަށެވެ. އެގޮތުން މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަނަސް އަބްދުއްޞައްތާރަކީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި އޭނާ އަކީ ޤާނޫނީ ވަކީލެއްކަންވެސް ޝުޖާޢު ފާހަގަކުރައްވާފައިވެއެވެ.

މާލޭގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އެޕާޓީގެ ނާއިބު ރައީސް ޑރ.މުޙައްމަދު މުޢިއްޒުއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރާއި، ރައީސް މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ވެރިކަމުގައިވެސް ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ، ޖުމްލަ 7 އަހަރު ރާއްޖެ ބިނާކުރެއްވި ވަޒީރުކަމަށް ޝުޖާޢު ތަފްސީލްކޮށްދެއްވާފައިވެއެވެ. އަދި ޑރ.މުޢިއްޒު އަކީ ބިނާކުރުމުގެ ރޮނގުން އެންމެ މަތީ ފެންވަރަށް މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވާ، ރާއްޖޭގައި ކަނޑު ހުރަސްކޮށް އެންމެ ފުރަތަމަ އެޅި ބްރިޖުގެ މޭސްތިރިއާކަަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި މާލޭގެ މަގުތައް އެންމެ ޒަމަނީ ފެންވަރަށް ތަރައްޤީކޮށް، މާލެއަށް ދިމާވި ކުނީގެ މައްސަލައަށް ދަާއިމީ ހައްލެއް ހޯއްދަވާދެއްވާ، މާލޭގައި ހިތްފަސޭހަކޮށްލަން ނިކުމެލާނެ މައިޒާންތަކާއި ޕާކްތައް ތަރައްޤީކޮށްދެއްވީވެސް މުޢިއްޒުކަން ފާހަގަކުރައްވާފައިވެއެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީއަކީ ފޭދޫ ދާއިރާގެ ކުރީގެ މެންބަރުކަމާއި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅަކަމަށް ޝުޖާޢު ވިދާޅުވެފައިވެއެވެ.
Mikhidnumahtheringe therin Male’ City ge mayor akah Male’ City ge rayyithun inthikhaabu kuravvaanee emme gaabilu beyfulhaakamaamedhaku ehvves shakkeh neh. @MMuizzu @AlhanFahmy @anasabdulsattar pic.twitter.com/Ev1jfxiykd
— Shujau Hussain (@alameershujau) February 21, 2021
މާލޭގެ މޭޔަރުކަމުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، މިހާތަނަށް ޚިޔާލު ހޯދުމަށް ނެގިފައިޥާ ސޯޝަލް މީޑިއާގެ ވޯތްތަކުން ދައްކާގޮތުގައި ކުރީގައި އުޅުއްވަނީ ޑރ.މުޢިއްޒުއެވެ. އަދި އެމްޑީޕީގައި އެންމެ އިސްކޮށް އުޅޭ ބައެއް ފަރާތްތަކުންވެސް ވަނީ މުޢިއްޒު އެންޑޯސްކޮށް މުޢިއްޒުއަށް ތާޢީދުކުރުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ