ހުޅުމާލެ ހުޅަނގުފަރާތު ޖެޓީސަރަހައްދާއި ސެންޓްރަލްޕާކުން މަރާމާތުކުރި ސަރަހައްދު ރަސްމީކޮށް ހުޅުވައިފި އެވެ.
އިންޑިއާގެ އެހީތެރިކަމާއެކު މަރާމާތުކޮށްފައިވާ މި ތަންތަން ހުޅުއްވައި ދެއްވީ އެކަމަށްޓަކާ އިއްޔެ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާރޒް ޑރ. ސުބްރަމާނިއަމް ޖައިޝަންކަރެވެ. މިތަންތަން ހުޅުއްވައި ދެއްވުމަށްފަހު ކުރައްވަމުން ޑރ. ޖައިޝަންކަރު ވިދާޅުވީ، ހައުސިންގ ޑިވެލަޕްމެންޓް ކޯޕަރޭޝާނާ ގުޅިގެން ހުޅުމާލެ ތަރައްގީކުރުމަށް އެހީތެރިވުމަކީ އިންޑިއާއަށް ލިބޭ އުފަލެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
Delighted to jointly inaugurate with EAM @DrSJaishankar the Hulhumalé Central Park & Arrival Jetty projects undertaken with Indian Grant Assistance. These projects symbolise Government’s imperative to promote a clean & green atmosphere for residents of all ages. @hdcmaldives pic.twitter.com/oVwUljIUuK
— Abdulla Shahid (@abdulla_shahid) February 20, 2021
ހުޅުމާލެ ހުޅަނގު ފަރާތުގައި ފެރީޓަރމިނަލާއި އިންވެގެން އޮންނަ ޖެޓީ މަރާމާތުކުރުމުގެ މަސައްކަތަށް އިންޑިއާ ސަރުކާރުންވަނީ 995385 ރުފިޔާ ހަރަދުކޮށްފަ އެވެ. އަަދި ސެންޓްރަލް ޕާކު ތަރައްގީކުރުމަށް އެގައުމުން އަށް މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ހިލޭ އެހީވަނީ ދީފައެވެ.
އެގޮތުން ޕާކުގައި، ހިނގާ މިހުނަށް ހާއްސަކޮށް ޕާތުވޭތަކަކާއި، ބައިސިކަލް ދުއްވުމަށް ހާއްސަ ލޭނެއްވަނީ ތަރައްގީ ކޮށްފައިވެ އެވެ. އަދި ޕާކުގެ ބައެއް ލައިޓް މަރާމާތުކޮށް، އިށީންދެލައިގެން ތިބެވޭނެ ތަންތަންވެސް ތަރައްގީކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ