އެންސީއޯ އެޑްވާންސް ކޯސް 20-01 ގެ ވަނަތައް ހާސިލްކުރި ސިފައިންނާ ޑިފެންސް މިނިސްޓަރ މާރިއާ އަޙްމަދު ދީދީ ބައްދަލުކުރައްވައިފި އެވެ.
މި ބޭކަލުންގެ ތެރޭގައި ހިމެނެނީ، ކޯހުގެ ފަސްޓް އިން އޯޑަރ އޮފް މެރިޓް އެވޯޑާއި އެކެޑެމިކް ސްޓަޑީޒް އެވޯޑާއި މިލިޓަރީ ސްޓަޑީޒް އެވޯޑު ހާސިލް ކުރެއްވި ސާޖަންޓް ފަސްޓް ކުލާސް އަޙްމަދު އާސިފްއާއި، ކޯހުގެ އައުޓް ސްޓޭޑިންގ އެޗީވްމަންޓް އިން ފިޒިކަލް ފިޓްނަސް އެވޯޑު ހާސިލްކުރެއްވި ފަސްޓް ސާޖަންޓް ޢަލީ ނަޞީރު އަދި، ޑިސްޓިންގުއިޝްޑް ގްރެޖުއޭޓް އެވޯޑު ހާސިލްކުރެއްވި ފަސްޓް ސާޖަންޓް އަޙްމަދު ސިނާންއެވެ.
މި ބައްދަލުވުމުގައި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓު ފޮނުވާ