ކޯވިޑް-19: ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ

ކޯވިޑް-19: ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ

Author
ޢަލީ އާދަމް
03 ފެބްރުއަރީ 2021 06:14
0

ކޯވިޑް19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވެފައިވަނީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިއާއިއެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 53 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ފަހުން ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 45 ދިވެހިންނާއި 8 ބިދޭސީންނެވެ.

އެޗް.ޕީ.އޭއިން ކޮންމެ ދުވަހަކު ހާމަކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިވަނީ އިތުރުވާން ފަށާފައެވެ. ދުވާލެއްގެ މައްޗަށް ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 50 އިން މަތީގައި ހުންނަތާ ހަފްތާއެއްފަހުން މިމަހުގެ 24 އިން ފެށިގެން ދުވާލެއްގެ މައްޗަށް ބަލިޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ސަތޭކައިން މައްޗަށް އަރައި މިމަހުގެ ފުރަތަމަ ދުވަހު މި އަދަދު 200 އިން މައްޗަށް އަރާފައިވެއެވެ.

ކޯވިޑް19 ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު ވަނީ ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައެވެ. ނަމަވެސް ބަލިން ރައްކާތެރިވުމަށް ރައްކާތެރިކަން ދޭން ޖެހޭ ކަންކަމަށް އަދިވެސް ސަމާލުކަން ދިނުމަށާއި އެކަންކަމަށް ފަރުވާ ކުޑަ ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.