ވެލި އަރައި ތިލަވެފައިވާ ހދ. ނެއްލައިދޫ ބަނދަރު ފުންކޮށް ބަނދަރު ތަރައްޤީ ކުރުމުގެ މަސަކަތް ހުއްޓުމެއްނެތި ދަނީ ކުރެވެމުންނެވެ.
އެމްޓީސީސީން ވިދާޅުވީ ބަނދަރު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގައި މިހާތަނަށް 38 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ބަނދަރު ފުންކުރުމަށް ކުރާ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވަކަމަށެވެ. މިމަސައްކަތަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ފަށާފައިވާ މަޝްރޫއެކެވެ.
ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 38 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒްކުރެވިފައިވަނީ 27 ފެބްރުއަރީ 2020 ގައި. pic.twitter.com/GJ0Vfi0JkZ
— MTCC Plc (@MTCCPlc) October 13, 2020
ނެއްލައިދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު 2011 ވަނަ އަހަރު ހެވީ ފޯސްއާ ހަވާލުކޮށްގެން ހެދި މި ބަނދަރަކީ 400 ފޫޓު ދިގު 200 ފޫޓް ފުޅާ ބަނދަރެކެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަފާ ފުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ