ބަރުމާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފި

ބަރުމާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފި

Author
ހުސެއިން
02 ފެބްރުއަރީ 2021 08:55
0

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގައި މިލިޓަރީ ބައާވާތެއް ގެނެސް، ފާއިތުވި އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރި އަންގސަންގ ސޫކީ ހައްޔަރު ކުރުމާއި ގުޅިގެން، ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިޢާާދަ ކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑްން ދެއްވައިފިއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން، ބޮޑު ތަފާތަކުން ފާއިތުވި އިންތިޚާބު ކާމިޔާބު ކުރި، އަންގސަންގ ސޫކީއާއި އަދި އޭނާގެ ޕާޓީގެ އިސްވެރިން ހައްޔަރު ކޮށްފައވަނީ މި ފަހްތާގެ ހޯމަދުވަހު ހެދުނު، އެގައުުގެ ގާނޫނު ހަދާ މަޖިލިހުގެ ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

މިޔަންމާގެ ބަޢާވާތާ ގުޅިގެން ރައީސް ޖޯ ބައިޑްން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، "ރައްޔިތުންގެ ނިންމުން އަބުރާލުމަށް ބާރުގެ ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ކަމުގައެވެ. އަދި "ސައްޙަ އިންތިޚާބެއްގެ ނަތީޖާ އަބުރާލުމަކީވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ކަމުގައިވެސް ބައިޑްންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ޔޫއެންއާއި އަދި އިގިރޭސިވިލާތުންވެސް ވަނީ ބަރުމާގައި ގެނެވުނު ބަޢާވާތް ކުއްވެރި ކޮށްފައެވެ.

ބަރުމާގައި ދިގު ޒަމާންތަކެއް ވަންދެން އޮތް އަސްކަރީވެރިކަމާ ދެކޮޅަށް އެމެރިކާއިން އަޅާފައޮތް ދަތިކުރުމުގެ ފިޔަވަޅުތައް، އެގައުމަށް ޑިމޮކްރަސީގެ ހެޔޮ ބަދަލުތައް އަންނަން ފަށާފައި ވުމާއެކު، ފަހަކަށް އައިސް ވަނީ އުވާލާފައެވެ. އެހެންނަމަވެސް، މިހަފްތާގައި ގެނެވުނު ބަޢާވާތާ ގުޅިގެން ބައިޑްން ވިދާޅުވެފައިވަނީ، އެމެރިކާއިން އުވާލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަލުން މުރާޖައާ ކުރައްވާނެ ކަމަށެވެ. "އެއީ ދުނިޔޭގެ ކޮންމެ ގައުމަކަށްވިޔަސް، ޑިމޮކްރަސީއާ ދެކޮޅަށް އަންނަ ކޮންމެ ހަމަލާއަކާ ދެކޮޅަށް އެމެރިކާ ތެދުވާނެ،" ބައިޑްން ވިދާޅު ވެފައި ވެއެވެ.

މިޔަންމާރގެ ބަޢާޥާތާ ގުޅިގެން ޔޫއެންގެެ ސެކިއުރިޓީ ކައުންސިލުން އެމަޖްނެސީ ބައްދަލު ވުމެއް ބޭވުމަށް މަސައްކަތް ކުރަމުންދާއިރު، ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެފައިވަނީ، މިއީ، "މިޔަންމާރއަށް އަންނަމުންދިޔަ ޑިމޮކްރަޓިކް ބަދަލުތަކަށް ކުރިމަތިވެގެންދިޔަ ބޮޑު ގޮންޖެހުމެއް،" ކަމުގައެވެ. އަދި ޔޫއެންއިން ވަނީ މި ބަޢާވާތުގައި ހައްޔަރު ކޮށްފައިފާ 45 މީހުން ވަގުތުން މިނިވަން ކުރުމަށް މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލާފައެވެ.

އިގިރޭސިވިލާތުގެ ބޮޑުަވަޒީރު ބޮރިން ޖޯންސަންވަނީ، މިޔަންމާރގައި ގެނެވުނު ބަޢާވާތް ކުއްވެރިކޮށްފައެވެ. އަދި ވަނީ ހައްޔަރު ކުރެވިފައިވާ އަންސަންގސޫކީ ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ޔޫރަޕްގެ އިއްތިހާތުގެ ލީޑަރުންވެސްވަނީ، މިމޭރުމުން ގުޅިފައިވާ ބަޔާނެއް ނެރުއްވާފައެވެ. ފާއިތުވެދިޔަ ތަނުގައި، މިޔަންމާރގެ އެތެރޭގެ ކަންކަމާ ބޭރުގެ ފަރާތްތަކުން ނުބެހުމަށް ވަކާލާތު ކުރަމުންއައި ޗައިނާއިން ވަނީ، މިޔަންމާރގައި މިހާރު އުފެދިފައިވާ ހަމަނުޖެހުން އެގައުމުގެ ސިޔަސީ ފަރާތްތަކުން މަޝްވަރާ ކޮށްގެން ހައްލު ކުރުމަށް ގޮވާލާފައެވެ.

ސަރަހައްދީ އެހެން ބައެއް ގައުމުތައް ކަމުގައިވާ، ކެންބޯޑިއާ، ތައިލޭންޑް، އަދި ފިލިޕީންސްއިން ބުނެފައިވަނީ، މިޔަންމާރގައި ހިގަމުންދަނީ އެގައުމުގެ އެތެރޭގެ މަސްލަހަތާ ގުޅުންހުރި ކަންތައްތަކެއް ކަމުގައެވެ. ހޯމަދުވަހުގެ ބަޢާވާތަށްފަހު، މިޔަންމާރގެ އަސްކަރިއްޔާއިން ވަނީ އެގައުމުގައި ރޭގަޑުގެ ވަގުތުގައި ކާފިއު އިއުލާން ކޮށްފައެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. އަދި މިހާރު ގޭބަންދުގައި ހުންނެވި އަންގސަންގ ސޫކީ ވަނީ އޭނާގެ ސަޕޯޓަރުންނަށް ބަޢާވާތާ ދެކޮޅަށް މުޒާހިރާ ކުރުމަށް ގޮވާލައްވާފައެވެ.

އަސްކަރިއްޔާއިން އޭނާ ގޭބަންދު ކުރުމުގެ ކުޑައިރުކޮޅެއް ކުރިން ނެރުއްވި ބަޔާނެއްގައި އަންގސަންގ ސޫކީ ވިދާޅުވެފައިވަނީ، މިޔަންމާރގެ އަސްކަރިއްޔާގެ އަމަލްތަކުގެ ނަތީޖާއެއގެ ގޮތުން އެގައުމު އަބުރާ ޚުދުމުޚްތާރު ވެރިކަމަކަށް ދާނެކަމަށެވެ. ހޯމަދުވަހުގެ ބަޢާވާތަށްފަހު، އަސްކަރިއްޔާއިން މިހާރުވަނީ، މިޔަންމާރގެ ސަރުކާރުގެ ގިނަ ވުޒާރާތަކަށް އާވަޒީރުން އައްޔަން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.