ދިވެހި ދައުލަތުގެ ތިން ބާރުގެ ވެރިން ކޯވިޑް ވެކްސިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވެކްސިން ޖެެއްސެވުމުން، ވެކްސިނާމެދުި ސުވާލު އުފައްދާނެ ޖާގައެއް ދެން ނެތް ކަމަށް ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހަން ފެށުމާގުޅިގެން ކުރެއްވި ޓްވީޓެއްގައި ޢިމްރާން ވިދާޅުވީ، ދިވެހިންގެ ގަޔަށް ވެކްސިން ޖަހަން ފެށުމަކީ، މި ބަލިން ދިވެހިން ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފައްޓަވާފައިވާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
Covid ? dhivehinnah jahan feshumakee, covid19 in dhivehirayyithun salaamaiy kurumah HEP @ibusolih fettevi masahkathah libunu enme bodu kaamiyaabu. Dhivehi dhaulathuge 3 baaru ge verin ? program gai amaleegothun baiverivevadaigenneveema ? aamedhu suvaalu ufadhaane jaagaeh neyi.
— Imran Abdulla (@ShimranAb) February 1, 2021
މީގެ އިތުރުން ފަރުދުންނާއި މުޖްތަމަޢު ބަލިތަކުން ރައްކާތެރި ކުރުމަށްޓަކައި އެކަމަށް ހާއްސަކޮށް ހޯދާފައިވާ ރަނގަޅު ފަރުވާގެ ބޭނުން ހިފުމާއި، ﷲ ގެ ހަޒްރަތުން މަދަދަަށް އެދި ދުޢާ ދެންނެވުމަކީ އިސްލާމްދީނުގެ ވަކީލުކުރުމުގެ މުހިންމު އަސާސްތައް ކަމަށްވެސް އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ ޢިމްރާން އަބްދުﷲ ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވެފައި މިވަނީ ޑަބްލިއު.އެޗް.އޯ އިން ރައްކާތެރިކަން ކަށަވަރު ނުވަނީސް ދިވެހިންގެ ގަޔަށް ވެކްސިނެއް ޖެހުމާމެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުކުރުން ފާޅުކުރަމުންގެންދާ ދަނޑިވަޅެއްގައެވެ. މިފަދަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ވެކްސިން ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރައްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު މުއުތަސިމް އަދުދާނުވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.
ދައުލަތުގެ ތިންބާރުގެ ވެރިން ވެކްސިން ޖައްސަވައި އިތުބާރު ދެއްވައިފި
ވެކްސިން ޖައްސެވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންވެސް ހިމެނެއެވެ. އެގޮތުން އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް ވަނީ ވެކްސިން ޖައްސަވާފައެވެ. މީގެއިތުރުން ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ފްރަންޓް ލައިންގައި ތިއްބެވި އެންމެ އިސް ޑޮކްޓަރުންވެސް ހިމެނެއެވެ.
ވެކްސިން ދިނުމުގައި 3 ބަޔަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އަދި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ