Ad
އޭސީސީ ނާޤާބިލު، ސިފާގެ މައްޗަށް ހިންގި ތަޙްޤީޤު ރަނގަޅެއްނޫން: އިންތި

އޭސީސީ ނާޤާބިލު، ސިފާގެ މައްޗަށް ހިންގި ތަޙްޤީޤު ރަނގަޅެއްނޫން: އިންތި

Author
މުޙައްމަދު ޖިމީ
13 އޮކްޓޯބަރ 2020 09:59
0

މާލެސިޓީގެ މޭޔަރ ސިފާ މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައަކީ އޭސީސީން ހިންގި ރަނގަޅު ތަޙުޤީޤެއް ނޫންކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ނުހައްޤު މުއްސަނދިކަމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ޤާނޫނުލް އުޤޫބާތަށް ހުށައަޅާފައިވާ އިޞްލާހަށް ބަހުސްކުރައްވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ އޭސީސީން މޭޔަރު ސިފާގެ މައްޗަށް ހިންގި ތަޙްޤީގަކީ ސަތޭކަ ޕަސެންޓް ރަނގަޅު ތަޙްގީގެއްނޫންކަން ކަށަވަރުވާކަމަށެވެ. މާލެސިޓީގެ މޭޔަރަކީ ރާއްޖޭގެ އެއްވެސް މީހަކު މީގެކުރިން ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް އަޅުއްވާފައިވާ ބޭފުޅެއް ނޫންކަމަށާއި، ނަމަވެސް ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުކުރެވޭ ވަރަށް ގިނަ މީހުން އެބަތިބިކަމަށް އިންތި ތުހުމަތުކުރެއްވިއެވެ. ކުޑަ ތަޙްޤީޤަކުން ކޮރަޕްޝަން ސާބިތުވާ މައްސަލަތައްވެސް އެބަހުރިކަމަށް އިންތި ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ޤައުމުގެތެރޭގައި އެބަހުރިތޯ އެއްވެސް މީހަކު މާލެސިޓީކައުންސިލްގެ މޭޔަރާމެދު ތުހުމަތެއް ދުވަހަކުވެސް، ކޮރަޕްޝަން ވައްކަމުގެ ތުހުމަތެއް ދުވަހަކު އެޅުވިތަކެއް އަޅުގަނޑު ދުވަހަކުވެސް އަޑެއްނާހަން. އެކަމު އަޅުގަނޑު މިފަސްގަނޑުގަވެސް މިރާއްޖޭގަ މިމާލޭގަވައްކަން ޚިޔާނާތު ހަމަ ވަރަށް އެންމެންނަށް ސަތޭކަ ޕަސެންތް ޤަބޫލުކުރެވޭވަރަށް ބޮޑެތި ބޮޑެތި ޚިޔާނާތްއެޅޭ މީހުން ފާހަގަކުރެވޭ

– އިމްްތިޔާޒް ފަހުމީ

އިންތިވަނީ މިމަޖިލީހުން އައްޔަންކޮށް އެކުލަވާލި އޭސީސީ ނާޤާބިލުކަމަށްވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ. އިންތި މިހެން ވިދާޅުވެފައި މިވަނީ މާލޭ ލޮނުޒިޔާރާތްކޮޅުގައި ހަދާފައިވާ ޕާކުގެ މަސައްކަތްތައް އަމިން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭކަމަށް އޭސީސީން ކުރި ތަހުޤީޤަށް ސާބިތުވާތީ، މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދުގެ މައްޗަށް ދައުވާކުރުމަށްޓަކައ، އޭސީސީން ޕީޖިއަށް މައްސަލަ ފޮނުވާފައިވާތީއެވެ.

އެގޮތުން، މި މައްސަލައިގައި މާލޭ ސިޓީގެ މޭޔަރ، ސިފާ މުޙައްމަދުގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީގައި އެދިފައި ވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާއެވެ.

މާލޭ ލޮނުޒިޔާރާތްކޮޅުގައި ހަދާފައިވާ ޕާކުގެ މައްސަލައިގައި އޭސީސީގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ އެމަޝްރޫޢުގެ މަސައްކަތްތައް އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާއި ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.