ވެލާ ރިސޯޓުން ޑިސެމްބަރ މަހު ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 4079.10 ޑޮލަރު ދީފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގަށް މަސައްކަތް ކުރާ ރިސޯޓް ވޯކާސް މޯލްޑިވްސް އިން ހާމަކޮށްފައިވާ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ބޮޑު އަދަދެއްގެ ސަރވިސް ޗާޖުގެ ގޮތުގައި ދީފައި ވަނީ ވެލާ އިންނެވެ.
އެގޮތުން މިދިޔަ މަހުގެ ސަރވިސް ޗާޖްގެ ގޮތުގައި އެރިސޯޓުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް މިމަހު 4079.10 ޑޮލަރުވަނީ ދީފަ އެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 62899.72 ރުފިޔާ އެވެ.
ވެލާގެ އިތުރުން ދެން އެންމެ ބޮޑު ސާވިސްޗާޖެއް ދީފައިވަނީ ވޯލްޑޯފް އެސްޓޯރިއާ އިތާފުށިންނެވެ. އެ ރިސޯޓުން ޑިސެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3،340 ޑޮލަރު (51،502ރ.) ވަނީ ދީފައެވެ.
މި ތަންތަނުގެ އިތުރަށްވެސް ގިނަ ރިސޯޓުތަކުން ޑިސެމްބަރު މަހު ސާވިސް ޗާޖު ބޮޑެތި އަދަދު ތަކަކުން ވަނީ ދީފައެވެ. އޭގެތެރޭގައި ޝެވަލް ބްލަން ރަންދެލި ރިސޯޓުން، ސާވިސް ޗާޖަށް 3،315 ޑޮލަރު (51117.3ރ.)، ވަން އެންޑް އޮންލީ ރީތިރަށުން 3،007 ޑޮލަރު (46،367.9ރ.)، ފޯ ސީޒަންސް އިން 2،960.99 ޑޮލަރު،(45،658.4ރ.)، އަނަންތަރާ ކިހާވަށް މޯލްޑިވްސް އިން 2،907.43 ޑޮލަރު (44832.5ރ.) ޑިސެމްބަރ މަހުގެ ސަރވިސް ޗާޖްގެ ގޮތުގައި ވަނީ ދީފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 އިންސައްތައަށް ވުރެ މަދުނޫން އަދަދަކުން ސަރވިސް ޗާޖު ނަގަން ޖެހޭ އިސްލާހަށް މި މަހުގެ އެއްވަނަ ދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ސާވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަން ޖެހެއެވެ. އަދި މި ފައިސާ ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން، މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމެއް ނެތި ހުރިހާ މުވައްޒަފުންނަށް ދޭން ޖެހެ އެވެ.
ކޮމެންޓު ފޮނުވާ