ހިތަދޫ ނެރުމައްޗަށް ދޯންޏެއް އުރިއްޖެ

ހިތަދޫ ނެރުމައްޗަށް ދޯންޏެއް އުރިއްޖެ

Author
ޢަލީ އާދަމް
27 ޖެނުއަރީ 2021 10:50
0

ސ.ހިތަދޫ ނެރުމައްޗަށް ފަރުމަސްވެރިކަން ކުރާ ދޯންޏެއް އުރިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 09:53 ހާއިރު ކަމަށެވެ. އަދި މި ދޯނި ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން މިހާރު ހަރަކާތްތެރި ވަމުން ދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިދޯނި އުރުނު އިރު ދޯނީގައި 3 ދިވެހިންނާއި ބިދޭސީއަކު ހުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ދޯނި ފަރަށް އެރި ވަގުތު ދޯނީގައި ތިބީ3 ދިވެހިންނާއި ފަތުރުވެރިއެއް ކަމަށެވެ. އަދި ފަތުރުވެރިޔާ މިހާރު ކައިރި ރިސޯޓަކަށް ގެންގޮސްފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެެވެ.

" ކޯމަސް " ނަމަކަށް ކިޔާ މި ދޯންޏަކީ ފަރުމަހުގެ މަސްވެރިކަމަށް ބޭނުންކުރާ ދޯންޏެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.