ސާޖެންޓް އެޓް އާމްސް ސަސްޕެންޑްކޮށްފި

ސާޖެންޓް އެޓް އާމްސް ސަސްޕެންޑްކޮށްފި

Author
ޢަލީ އާދަމް
27 ޖެނުއަރީ 2021 10:01
0

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުޙައްމަދު ހަލީމް ސަސްޕެންޑްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މުހައްމަދު ހަލީމް ސަސްޕެންޑްކޮށްފައި ވަނީ މަޖިލީހުން ބަދަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް މުހައްމަދު ހަލީމް ސަސްޕެންޑްކޮށްފައި ވަނީ ބަލަމުންދާ މައްސަލަ ނިމެންދެން ވަކި މުއްދަތެއް ނެތްގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ ސަސްޕެންޑްކުރީ އިއްޔެއިން ފެށިގެންނެވެ. އަދި އިއްޔެ މަޖިލީހުގެ އިދާރާއިން އޭނާއަށް ފޮނުވި ސިޓީއަކުން ސަސްޕެންޑް ކޮށްފައިވާކަން މުޙައްމަދު ހަލީމަށް އަންގަވާފައި ވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް މުހައްމަދު ހަލީމް އައްޔަންކުރެއްވީ 31 އޮކްޓޫބަރު 2013ގައެވެ. އޭގެ ކުރިން އޭނާއަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ދިގުމުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.