ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލް އިސްތިއުފާ ދެއްވައިފި އެވެ.
ހަސަން މިރޭވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާގެ އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ބައެއް ކަންކަމަށް ވަގުތު ދިނުމަށް ކަމަށް މައުލޫމާތު ލިބެއެވެ. ހަސަން އަކީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި ރައީސްއޮފީހުގެ މީޑިއާ އާއި ޕީއާރް ބައި އިސްކޮށް ހިންގަވާ ބޭފުޅަކީ ހަސަން އެވެ.
ހަސަން އިސްމާއިލް މިރޭ އިސްތިއުފާ ދެއްވާފައި ވާއިރު، ރައީސް އޮފީހުގެ މީޑިއާ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް ހޫދުގެ ބަދަލުގައި ތަރުޖަމާނަކަށް މުހައްމަދު މަބުރޫކް އަޒީޒް ވަނީ މިމަހުގެ ފުރަތަމަ ދުވަހުންވެށިގެން ހަމަޖައްސަވާފައެވެ.
ކޮމެންޓު ފޮނުވާ