މާލެއިންނާއި ވިލިމާލެއިން ގެތަކެއް އިމާރާތް ކޮށްދޭނެކަމަށްބުނެ އޮޅުވާލައިގެން ލޯނު ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން2 މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މި ދެމީހުން ހޯދަން އިއުލާންކޮށްފައިވަނީ މާލެއިން ދެ ގޯއްޗަކާއި ވިލިމާލެއިން ގޯއްޗެއް އިމާރާތް ކޮށްދޭނެކަމަށްބުނެ އޭ ބޮސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮޅުވާލައިގެން މޮރިޝަސް ކޮމާޝިއަލް ބޭންކުގައި އެ ތިން ގޯތި މޯގޭޖް ކުރުމަށްފަހު، އެ ކުންފުނީގެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށްކަމަށެވެ. މިމަހުގެ 18 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އިއުލާންކޮށްފައިވަނީ ކ. މާލެ/ ދަފްތަރު ނަންބަރު 6562، ހުސައިން ރަޝީދު (50އ) އާއި ކ. މާލެ/ ދަފްތަރު ނަންބަރު 6630، އާމިނަތު ލަޠީފާ (48އ) އެވެ.
މިމައްސަލައަކީ ފުލުހުންގެ އިކޮނޮމިކް ކްރަައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ކޮށްފައިވާ އިއުލާނެއްކަމަށް ކަމެއްކަމަށް ފުލުހުން ވިދާޅުވެ އެވެ.
ކޮމެންޓު ފޮނުވާ