އިއްޔެ މާލޭގައި އެކަނި 53 ކައިވެނި!

އިއްޔެ މާލޭގައި އެކަނި 53 ކައިވެނި!

Author
ޢަލީ އާދަމް
22 ޖެނުއަރީ 2021 08:16
0

ފެމިލީ ކޯޓުން އިއްޔެ 50 އަށްވުރެ ގިނަ ކައިވެނި ކޮށްދީފިއެވެ.

އާންމުގޮތެއްގައި ރީތި ތާރީހް ތަކުގައި ކައިވެނިތައް ގިނަވެއެވެ. އެފަދަ ތާރީހު ތަކުގައި އެންމެ ބާރުބޮޑު އެއް ތަނަކީ ފެމެލީ ކޯޓެވެ.

އިއްޔެ އަކީ މި އަހަރުގެ އެންމެ ރީތި ތާރީހުތަކުގެ ތެރެއިން އެއް ތާރީހެވެ. 21-01-21 ގައި ފެމިލީ ކޯޓުން 53 ކައިވެންޏެއް ވަނީ ކޮށްދީފައެވެ. އެއީ ކޯޓްގައި ކޮށްދިން ކައިވެންޏާއި ކޯޓުން ބޭރުގައި ގޭގޭގައި ކޮށްދިން ކައިވެނިތައް ހިމަނައިގެންނެވެ. މިއީ މި އަހަރު މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ ކައިވެނި ކުރެވުނު ދުވަހެވެ.

ފެމިލީ ކޯޓުން މީގެ ކުރިން ވަނީ މި އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭނެ ކަމަށް ބުނެފަ އެވެ. މިއީ މިގޮތަށް އެކޯޓުން ކަނޑައެޅިވެސް ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ފާހަގަކޮށްލެވުނު ތާރީހުތަކުގައި ވެސް ގިނަ ބަޔަކު ކައިވެނި ކޮށްފައި ވެއެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ކައިވެނި ކުރީ 2020-02-20 މި ތާރީހުގަ އެވެ. އެ ދުވަހު އެކަނި 64 ކައިވެނި ފެމިލީކޯޓުން ކޮށްދީފައި ވެއެވެ. އޭގެ އިތުރުން 2020-12-20 ގައި މާލޭގައި އެކަނި 47 ކައިވެނި ކޮށްދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.