ޝިދާތާއާއި ފިލްމީ ތަރި ޒިޔާ ކައިވެނި ކުރަން ރަން ކިޔައިފި

ޝިދާތާއާއި ފިލްމީ ތަރި ޒިޔާ ކައިވެނި ކުރަން ރަން ކިޔައިފި

Author
ޢަލީ އާދަމް
22 ޖެނުއަރީ 2021 09:43
0

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، ފިލްމީ ތަރި އަޙްމަދު ޒިޔާއާ ކައިވެނި ކުރައްވަން ރަންކިޔައިފި އެވެ.

އެ ދެ މީހުން ކައިވެންޏަށް ރަންކިޔާފައި ވަނީ ރޭގަ އެވެ. އަދި އެކަން ހާމަވާ ދެ ޕޯސްޓެއް އެ ދެ މީހުންވެސް ފޭސްބުކްގައި އާންމުކޮށްފައިވެއެވެ.

އެގޮތުން ޝިދާތާ ވަނީ ރޭގެ ރަންކިއުމުގެ ހަފްލާގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެފޮޓޯ ހިއްސާކުރަމުން ލިޔެފައި ވަނީ މިއީ ދިރިއުޅުމުގައި ކޮށޭ އައު މަގެއް ކަމަށެވެ. އަދި ލޯބިން ފުރިފައިވާ ހިތަކާއެކު ފަށާ އައު ފެށުމެއް ކަމަށް ޕޯސްޓް ގައި ލިޔެފައި ވެއެވެ.

އަދި ޒިޔާ ރޭ އާއްމު ކުރި ޕޯސްޓެއްގައި އިއްޔެގެ ތާރީޙު ޖެހުމަށް ފަހު އޭނާ މިހުރީ ވަރަށް އުފަލުން ކަމަށް ބުނެފައި ވެއެވެ.

ޝިދާތާ އާއި ޒިޔާ ކައިވެނި ކުރުމަށް ނިންމާފައި ވަނީ އަންނަ މަހުއެވެ. މިއީީ މީގެ ކުރިން އިތުރު ކައިވެންޏެއް ކޮށްފައިވާ ދެމީހުނެވެ.

ޝިދާތާ މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރަކަށް ހުންނަވާ އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ސިޔާސީ ކަންކަމުން ވަރަށް ބޮޑަށް އެކަހެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.