އެމެރިކާގެ 49 ވަނަ، ނައިބް ރައީސްގެ ހައިސިއްޔަތުން، މަގާމާ ހަވާލު ވެވަޑައިގަތުމަށް ޓަކާ، ކާމަލާ ހެރިސް އެމެރިކާގެ ނާއިބް ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.
ހެރިންސް އެމެރިކާގެ ނާއިބް ރައީސްކަމުގެ ހުވާކުރައްވާފައި މިވަނީ، ބުދަދުވަހުގެ މެދުރު އެމެރިކާގެ ގަޑިން 12:00 ގައި، ރައީސް ޖޯ ބައިޑްންއާއި އަދި ނާއިބުރައީސާ ކާމަލަާ ހެރިސް، މަގާމުގެ ހުވާ ކުރުމަށްޓަކާ، ގާނޫނު ހަދާ މަޖިލިސް ކަމުގައިވާ، ކެޕިޓަލް ހިލްގެ ބޭރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ހެރިސް މަގާމަުގެ ހުވާ ކުރައްވާފައި މިވަނީ، އެމަނާގެ ފިރިކަލުންގެ އަރިހުގައި ހުންނަވައިގެންނެވެ. ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަޑިޔާރެވެ.
ކާމަލާ ހެރިސް އެމެރިކާގެ ނާއިބް ރައީސްކަމުގެ ހުވާ ކުރެއްވުމާއެކު، އެކަމަނާ ވެވަޑައިގެންފައިވަނީ، ސައުތު އޭޝިއާގެ ކަޅު ނަސްލުން އެމެރިކާގެ އެެންމެ މަތީ މަގާމާ ހަމައަށް ވާސިލް ވެވަޑައިގެންނެވި ފުތަމަ އަންހެން ބޭފުޅާއަށެވެ.
މިމަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ގާނޫނުހަދާ މަޖިލިހަށް، ޓްރަމްޕަށް ތާއީދުކުރާ ފަރާތްކުން ހަމަލާދީ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ބައިޑްން ހުވާކުރާ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 25،000 ސިފައިން ވަނީ ހަރަކާތްތެރި ވެފައެވެ.
އެމެރިކާގައި މިވަގުތު ކޯވިޑް19ގެ ހާލަތު އޮތްގޮތުން، އެހެން އަހަރުތަކުގައި ރިވެތި ލަވަތަކާއި އެކިއެކި އިވެންޓްތަކުން ޒީނަތްތެރި ކުރެވިގެން ބޭއްވޭ މި ކުލަގަދަ ރަސްމިޔާތު މިފަހަރު ބޭއްވިގެންދިޔައީ، އެހެން ފަހަރުތަކާ އަޅާބަލާއިރު، މީހުން މަދު ރަސްމިއްޔާތެއްގެ ގޮތުގައެވެ. އަދި، މިމަހުގެ 6 ވަނަ ދުވަހު، ޓްރަމްޕަށް ތާއީދުކުރާ މީހުން ކެޕިޓަލް ހިލްއަށް ދިން ހަމަލާއަށްފަހު، މިރަސްމިއްޔާތު ސެކިއުރިޓީވެސް އޮތީ އެހެން ފަހަރުތަކާ ޚިލާފަށް ވަރުގަދަ ކުރެވިފައެވެ.
މިރަސްމިއްޔާތުގައި އެެމެރިކާގެ ގައުމީ ސަލާމް ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިއާ ލޭޑީ ގަގާއެވެ. މި ރަސްމިއްޔާތުގެ މިއުޒިކީ ހަރަކާތްތަކުގައި މަޝްހޫރު ލަވަކިއުންތެރިންކަމުގައިވާ ޖެނިފަރ ލޮޕޭޒްއާއި ގާރތު ބްރޫކްސްވެސް ބައިވެރި ވެފައި ވެއެވެ.
ހުވާކުރެއްވުމަށްފަހު، މިއަދުގެ ހަވީރުގެ ވަގުތެއްގައި، ވޮޝިންގޓަންގައި ހުންނަ ލިންކަން މެމޯރިއަލް ހޯލްގައި ބައިޑްންއާއި ހެރިސްގެ ޝަރަފުގައި، އެމެރިކާގެ މަޝްހޫރު ފިލްމީ ތަރިންނާ އަދި މިއުޒިކީ ފަންނާނުން ބާއްވާ ޚާއްސަ ޝޯއެއްގައި ބައިންޑްން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ