އެމެރިކާގެ ރައީސް ޓްރަމްޕް ވައިޓްހައުސް ދޫކުރައްވާ ފުރާވަޑައިގެންފި

އެމެރިކާގެ ރައީސް ޓްރަމްޕް ވައިޓްހައުސް ދޫކުރައްވާ ފުރާވަޑައިގެންފި

Author
ހުސެއިން
20 ޖެނުއަރީ 2021 06:40
0

އެމެރިކާ ގަޑިން ބުދަ ދުވަހުގެ މެންދުރު 12:00 އެމެރިކާގެ އިންތިޚާބީ ރައީސް ޖޯބައިޑް އެގައުމުގެ ރައީސްކަމުގެ ހުވާ ކުރެއްވުމާއެކު، ދައުރު ފުރިހަމަ ކުރައްވާ، ވެރިކަމުން ދުރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރައީސްގެ ހައިސިއްޔަތުން ފާއިތުވި 4 އަހަރު ދިރިއުޅުއްވި ވައިޓް ހައުސް ދޫކުރައްވާ ފުރާވަޑައިގެންފިއެވެ.

ވައިޓްހައުސް ދޫކުރާއްވާ ޓްރަމްޕް ފުރާވަޑައިގެންފައި ވާއިރު، ބުދަ ދުވަހުގެ މެންދު 12:00 ގައި ޖޯ ބައިޑްން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވާނެއެވެ. އަދި މި ރަސްމިއްޔާތުގައި ބައިެވރިވެ ވަޑައި ނުގަންނަވާނެކަމަށް، ޓުވިޓަރއިން ޓްރަޕްގެ ޓުވިޓަރ އެކައުންޓް ސަސްޕެންޑް ކުރުމުގެ ކުރިން ކުރެއްވި އެންމެ ފަހުގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ވެވަޑައިގަންނަވާނީ، ޑިމޮކްރަސީގެ ހަތާުގައި ފާއިތުވި 150 އަހަރުގެ ތެރޭގައި، އާރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާ، ދައުރު ފުރިހަމަކުރައްވާ ފުރަތަމަ ރައީސްކަމުގައެވެ. އަދި ޓްރަމްޕް ވެވަޑައިގެންފައިވަނީ، އެމެރިކާގެ މުޅި ތާރީޚުގައިވެސް، ދެފަހަރަށް އިމްޕީޗްކުރެވުނު ހަމައެކަނި ރައީސް ކަމުގައެވެ.

ވައިޓް ހައުސް ދޫކުރައްވާ ފުރާވަޑައިގަންނަވަން، މެރިން ވަންއަށް އަރުވަމުން ޓްރަމްޕް އެއްވެ ތިބި މީހުންނަށް ހަނާ އަޅުއްވަނީ

އެމެރިކާގެ 46 ވަނަ، އަދި 78 އަހަރުފުޅުގައި މަގާމާ ހަވާލުވެ ވަޑައިގަންވާ، އެންމެ އުމުން ދުވަސްވީ ރައީސެއްގެ ގޮތުގައި ޖޯ ބައިޑްން އެމެރިމާގެ ރައީސްކަމުގެ ހުވާ ކުރައްވާނީ، އެމެރިކާގެ ކެޕިޓަލް ހިލްގެ ބޭރުގައި ހުންނަވައިގެން، ބުދަދުވަހުގެ މެންދުރު ވުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.

އެމެރިކާގައި މިވަގުތު ކޯވިޑް19ގެ ހާލަތު އޮތްގޮތުން، އެހެން އަހަރުތަކުގައި ރިވެތި ލަވަތަކާއި އެކިއެކި އިވެންޓްތަކުން ޒީނަތްތެރި ކުރެވިގެން ބޭއްވޭ މި ރަސްމިޔާތު މިފަހަރު ބޭއްވިގެންދާނީ، މީހުން މަދު، އެހެން ފަހަރުތަކާ އަޅާބަލާއިރު، ފަޅު ރަސްމިއްޔާތެއްގެ ގޮތުގައެވެ. އަދި، މިމަހުގެ 6 ވަނަ ދުވަހު، ޓްރަމްޕަށް ތާއީދުކުރާ މީހުން ކެޕިޓަލް ހިލްއަށް ދިން ހަމަކާއަށްފަހު، މިރަސްމިއްޔާތު ސެކިއުރިޓީވެސް ވަނީ އެހެން ފަހަރުތަކާ ޚިލާފަށް ވަރުގަދަ ކުރެވިފައެވެ.

މިރަސް މިއްޔާތުގައި ބައިވެރި ވެވަޑައިގަންނަވާ ކުރީގެ ރައީސުންގެ ތެރޭގައި، ބައިޑްން އެބޭފުޅޭއްގެ ނާއިބް ރައީސްކަން ކުރެއްވި، ކުރީގެ ރައީސް ބަރަކް އޮބާމާއާއި، ކުރީގެ ރައީސް ބިލް ކުލިންޓަންގެ އިތުރުން ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ހިމެނިވަޑައި ގަންނަވާނެއެވެ.

ޓްރަމްޕަށް އަލްވަދާއު ކިއުމަށްޓަކާ، ވެރިރަށް ވޮޝިންގޓަންގެ ދުރުހިސާބެއްގައި، މިލިޓަރީ ބޭސްއެއްގައި ބޭއްވޭ ރަސްމިއްޔާތަކަށް ވަޑައިނުގެން، މިހާރުގެ ނާއިބުރައީސް މައިކް ޕެންސް ބައިވެރިވެ ވަޑައިގަންނަވާނީ، ޖޯ ބައިޑްންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައެވެ.

ބައިޑްންގެ ގާތްފަރާތްތަކުން މައުލޫމާތު ދޭގޮތުގައި، ހުވާކުރެއްވުމަށްފަހު، ގައުމާ މުޚާތަބް ކުރައްވާ ބައިޑްން ވާހަކަ ދައްކަވާނީ ބައިގަޑިއެއްހާ އިރަށެވެ. މިވާހަކަ ފުޅުގައި، އޭނާގެ ކުރީގެ ރައީސްގެ ހަލަބޮލިކަމުން ފުރިގެންވާ ދައުރަށްފަހު، ހަމަޖެހުމާއި ގައުމުގެ އެއްބައިވަންތަކަމަށް ބައިޑްން ގޮވާލައްވާނެއެވެ.

ބައިޑްން ހުވާކުރެއްވުމުގެ ކުޑަ ވަގުތުކޮޅެއްކުރިން، އޭޝިއާ ދަރިކޮޅަށް ނިސްބަތްވާ ކަޅުނަސްލުން ވަޑައިގެންނަވާ ފުރަތަމަ އަންހެން ނާއިބު ރައީސާއެއްގެ ހައިސިއްޔަތުން ކާމަލާ ހެރިން މަގާމުގެ ހުވާ ކުރައްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.