ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ބުނެފައިވަނީ ބިލެއްފަހި ބަނދަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މަސައްކަތްކުރާ ސައިޓަށް އިއްޔެ ގެންގޮސްފައި ވާކަމަށެވެ.
ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 18 ޖެނުއަރީ 2021 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި. މި މަޝްރޫޢަކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫޢެއް. pic.twitter.com/vvwy3mFxIV
— MTCC Plc (@MTCCPlc) January 19, 2021
މި މަޝްރޫޢުއަކީ ބިލެއްފަހި ބަނދަރު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އެމްޓީސީއިން ބުނީ މި މަސައްކަތުގެ ދަށުން ބިލެއްފަހި ބަނދަރުން 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައި ވާކަމަށެވެ.
މީގެ އިތުރުން މިހާރު ތަރައްގީކުރާ ޒަމާނީ ބަނދަރުތަކުގައި ހުންނަހެން މަގު ބައްތި ޖަހައި، 1،150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމަށްވެސް ހަމަޖެހިފައި ވާކަމަށް އެމްޓީސީސީން ބުނެއެވެ.
ބިލެއްފަހި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތަކީ ސަރުކާރުން 31.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރުޢެކެވެ.
ކޮމެންޓު ފޮނުވާ